ރޭ ހިންގި މާރާމާރީ ފެންަ ވީޑިއޯގެ ސްކްރީން ޝޮޓެއް.
މާލޭގައި ބިދޭސީންތަކެއް މާރާމާރީ ހިންގައިފި
ރޭ ދަންވަރު އަސްރަފީ މަގުގައި ބިދޭސީންތަކެއް މާރާމާރީ ހިންގައިފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އަސްރަފީ މަގުގައި މާރާމާރީ ހިންގާފައިވާ ކަމަށް ދަންވަރު 12:33 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ތަފްސީލް - ފުލުހުން ބުނީ އެ މާރާމާރީގައި އަނިޔާވި ދެ މީހުންނަށް އައިޖީއެމްއެޗުން ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެ މާރާމާރީއާ ގުޅިގެން ފަސް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
Gulisthaanu Goalhi gai bidheysee dhe group eh dhemedhu mirey maaraamaaree eh hin'gaifi.
— #MvCrisis (@MvCrisis) July 31, 2024
Ithuru mauloomaathu: https://t.co/1O015IkMwk pic.twitter.com/9PlQPcrTtx
އެއީ ކޮން ގައުމެއްގެ ބައެއްކަން ފުލުހުން ހާމައެއް ނުކުރެ އެވެ. ސޯޝަލް މީިޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި މާރާމާރީ ހިންގާފައިވަނީ ލަޓިބުރި ބޭނުންކޮށްގެންނެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގް ކުރަމުން އަންނަ ކަމަށެވެ.