ޓީޗަރުންގެ މުސާރައިގެ އޮނިގަނޑުގެ ތަފްސީލުތައް އާންމުކުރުމަށް، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ރައީސް އޮފީހުގައި 1 މޭ 2022 ވަނަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
ކުރީގެ އެޑިއުކޭޝަން މިނިސްޓަރުގެ ރަސްމީ އީމެއިލްތަކެއް ފޮހެލި މައްސަލައެއް ބަލަނީ
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީގެ ރަސްމީ އީމެއިލް އެކަންޓުގައި ހުރި އީމެއިލްތަކެއް ފޮހެލި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިއަދު މީޑީއާތަކަށް ކުރި މެސެޖެއްގައި ބުނީ އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި މިދިޔަ ބުރާސްފަތި ދުވަހު އެޑިއުކޭޝަން މިނިސްޓްރީން އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.
ތަފްސީލް - އެ މެސެޖްގައި ފުލުހުން އިތުރަށް ބުނީ:
-
ޑިލީޓްކޮށްފައިވަނީ އެ އީމެއިލްގައިވާ ހުރިހާ އީމެއިލެއް
-
އެކަން ކޮށްފައިވަނީ މިދިޔަ އަހަރު
ފާހަގަކޮށްލެވޭ - އައިޝަތު އަލީ ވަނީ މިނިސްޓަރަކަށް ހުރިއިރު އޭނާ ބޭނުންކުރެއްވި އީމެއިލަށް މީހަކު ވަންނަން މަސައްކަތްކޮށްފައިވާ ކަމަށް ބުނެ މިއަދު ފޭސްބުކުގައި ޕޯސްޓެއް ކުރައްވާފަ އެވެ. އޭގައި އިތުރަށް ވިދާޅުވީ މިދިޔަ ނޮވެމްބަރު 17ގައި އެ އީމެއިލް ޑިއެކްޓިވޭޓްކޮށްފައިވާ ކަމަށެވެ. އޭގެފަހުން އެ އީމެއިލުން އެހެން މީހަކަށް އީމެއިލެއްކޮށްފައިވާ ނަމަ އެއީ އޭނާ ކޮށްފައިވާ މެއިލެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ކޮމެންޓް (1)
ސިކުނޑި