ކޯސްޓްގާޑު އޭވިއޭޝަން ސްކޮޑްރަންގެ ބެޖު ހަވާލުކުރި ދިވެހި ސިފައިންގެ ދެ ޕައިލެޓުން ޑޯނިއާގެ ކޮކްޕިޓުގައި (ފޮޓޯ/ އެމްއެންޑީއެފް)

އެމްއެންޑީއެފް

ދިވެހި ސިފައިންނާ އެކު ބަލި މީހުން އުފުލަން ހެލިކޮޕްޓަރު ބޭނުންކުރަން އަލުން ފަށައިފި

ކުރިން އެ ބޯޓުތައް ދުއްވީ އިންޑިއާ ސިފައިން، އެހެންވެ އިންޑިއާ ސިފައިން ބޭލުމުން، އެ ހިދުމަތް އޮތީ މަޑުޖެހިފައި
27 ޖުލައި 2024
1

ބަލި މީހުން އުފުލަން، އަލުން ހެލިކޮޕްޓަރުތަކާއި ޑޯނިއާތައް ބޭނުންކުރަން އެމްއެންޑީއެފުން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ބަލި މީހުން އުފުލަން ކުރިން ރާއްޖޭގައި އުދުހެނީ، އިންޑިއާ އާއި ދިވެހި ސިފައިން ގުޅިގެން އޮޕަރޭޓުކުރާ އިންޑިއާގެ ހެލިކޮޕްޓަރެކެވެ. ނަމަވެސް، އިންޑިއާ ސިފައިން ބޭލުމަށް އެ ހިދުމަތް މެދުކަނޑާލުމަށް ފަހު އޮތީ ނުފަށަ އެވެ.

ތަފްސީލް - އެމްއެންޑީއެފުން މިއަދު މީޑީއާތަކަށް ކުރި މެސެޖެއްގައި ބުނީ ބަލި މީހުން އުފުލުމުގެ ހިދުމަތް ދިވެހި ސިފައިން ބޭނުންކޮށްގެން މިހާރު ފަށާފައިވާ ކަމަށެވެ.

"ޑޯނިއާ އަދި ހެލިކޮޕްޓަރުތައް ބޭނުންކޮށްގެން އެމްއެންޑީއެފްއިން ފޯރުކޮށްދެމުން ދިޔަ ސިއްހީ އަވަސްފަރުވާދިނުމަށް ޓަކައި ބަލިމީހުން އުފުލުމުގެ ހިދުމަތް (މެޑިކަލް އިވަކުއޭޝަން)، ސިވިލްކުރޫއިންނާ އެކު މިހާރު ފެށިފައިވާ ކަމުގައި ދަންނަވަން." އެމްއެންޑީއެފްގެ މެސެޖްގައި ބުނެފައިވެ އެވެ.

އެނގުން މުހިންމު - ރާއްޖޭގައި ބޭނުންކުރާ ޑޯނިއާ ބޯޓުތަކަކީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ބޯޓުތަކެކެވެ. އެބޯޓުތައް ދުއްވަން ދިވެހި ސިފައިން ތަމްރީނުކޮށް، ދުއްވަން ފަށާފައިވަނީ 2021 ވަނަ އަހަރު އެވެ. އޭރު ކޯސް ފުރިހަމަކުރި ޕައިލެޓުން މަސައްކަތްކުރީ ޑޯނިއާ ބޯޓުގެ ކޯޕައިލެޓުންގެ ގޮތުގަ އެވެ. ކެޕްޓަނަކަށް ވެވޭނީ އުދުހުމުގެ ގަޑި ހަމަކޮށް އަދި އިތުރު ތަމްރީނެއް ފުރިހަމަކޮށްގެންނެވެ. އެހެންވެ، ޑޯނިއާ ބޯޓުގެ ކެޕްޓަންކަން ކުރިން ކުރީ އިންޑިއާ ސިފައިންނެވެ.

ކޮމެންޓް (1)

ސިކުނޑި

27 ޖުލައި 2024
ދޮގެއް ހެދެން އޮއްވާ ތެދެއް ނަހަދާތި!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް