ވޭވަށު ފަރަށް އަރާފައިވާ 'މައިނާ 1' ސަފާރީ.

ފަތުރުވެރިން ތިބި ސަފާރީއެއް ވޭވަށު ފަރަށް އަރައިފި

ސަފާރީގައި ތިބި އެންމެން ވަނީ ސަލާމަތްކޮށްފައި އަދި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ

ގިނަ އަދަދެއްގެ ފަތުރުވެރިންތަކެއް ތިބި ސަފާރީއެއް ރޭ މ. ވޭވަށު ފަރަށް އަރައިފި އެވެ.

ތަފްސީލް - ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި: 

  • ސަފާރީ ފަރަށް އެރިކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރު 12:19 ހާއިރު

  • އެ ސަފާރީގައި 18 ފަތުރުވެރިއަކާއި 10 ފަޅުވެރިއަކު ތިބި

  • އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ

'މައިނާ 1' ސަފާރީ ފަރަށް އެރިކަން ވޭވަށު ކައުންސިލްގެ ސަމާލުކަމަށް އައުމާއެކު ސަފާރީ ކައިރިއަށް ގޮސް އޭގައި ތިބި އެންމެން ވަނީ ސަލާމަތްކޮށްފަ އެވެ. ނަމަވެސް މިހާތަނަށް އެ ސަފާރީ ފުން ކުރެވިފައެއް ނުވެ އެވެ.

ކޮމެންޓް (1)

ޓޮމް

26 ޖުލައި 2024
ތީ މެމްބަރު ޓޮމްގެ ސަފާރީ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް