ހުޅުމާލޭ ޖެޓީ ސަރަހައްދުން ސެންޓްރަލް ޕާކަށް ދާން އޮންނަ މަގާއި ބަގީޗާ ހިނގުން ގުޅޭ ސަރަހައްދު

ހުޅުމާލެ

ސެންޓްރަލް ޕާކް ސަރަހައްދު އެއްކޮޅަށް ދުއްވާ ގޮތަށް ހެދުމަށް ފަހު ޓްރެފިކަށް ހުޅުވާލައިފި

ކުރިން ބަގީޗާ ހިންގުމުން ދެކޮޅަށް ދުއްވާތީ ޓްރެފިކް މައްސަލަ ބޮޑުވަމުން ދާކަން ފާހަގަކުރެވޭ ކަމަށް އެޗުޑީސީން ބުނޭ
26 ޖުލައި 2024
1

ހުޅުމާލޭ ސެންޓްރަލް ޕާކް ހިމެނޭ 'ބަގީޗާ ހިނގުން' އެއްކޮޅަށް ދުއްވާ ގޮތަށް ހަމަޖެއްސުމަށް ފަހު މިއަދު ހަވީރު އާންމު ޓްރެފިކަށް ހުޅުވާލައިފި އެވެ.

މިހާރު ސެންޓްރަލް ޕާކް ވަށައިގެން ދުއްވޭނީ ގަޑީގެ ކަށި އެނބުރޭ މިސްރާބަށެވެ. މި މަގާ ގުޅިފައި ހުރި އެހެން މަގުތަކަށް އެޅުމާއި އެ މަގުތަކުން ބަގީޗާ ހިނގުމަށް ނުކުމެވޭ ގޮތަށް، ހަ ދިމާލެއްގައި ވަނީ ގާފޮޅު ހަދައިފަ އެވެ. 

ސެންޓްރަލް ޕާކް ސަރަހައްދު އެއްކޮޅަށް ދުއްވާ ގޮތަށް ހަދައި ހުޅުވާލުމުން މިއަދު ހަވީރު އެމްޓީސީސީގެ ބަހެއް ދަނީ

ފެންނަ ފެނުމަށް ބަލާއިރު މިހާރު ޓްރެފިކަށް ދަތިކަމެއް ނެތި އެ ސަރަހައްދުން ދަތުރުކުރެވެ އެވެ.

އެޗުޑީސީން ބުނި ގޮތުގައި މިއީ ހުޅުމާލޭގެ ޓްރެފިކްގެ މައްސަލައަށް ހައްލެއް ހޯދަން ގެންނަން ރާވާފައިވާ ބަދަލުތަކުގެ ތެރެއިން ބަދަލެކެވެ. އެ ކުންފުނިން އުއްމީދުކުރަނީ މިހާރު ކަނޑައަޅާފައިވާ 11 ސަރަހައްދުގެ ޓްރެފިކަށް ބަދަލު ގެނައުމުގެ މަސައްކަތް މި އަހަރު ތެރޭ ނިންމާލެވޭނެ ކަމަށެވެ.

އެޗުޑީސީން ބުނީ މި ބަދަލުތައް ގެންނަނީ ފުލުހުންނާ ވެސް މަޝްވަރާކުރުމަށް ފަހު ކަމަށެވެ.

ބަގީޗާ ހިނގުމުގައި ގާފޮޅުތައް ހެދުމާއި އާ ޓްރެފިކް މިސްރާބުތައް ދައްކަން ނިޝާންތައް ކުރެހުމުގެ މަސައްކަތަށް އިއްޔެ ހަވީރުން ފެށިގެން މުޅި ސަރަހައްދު އޮތީ ޓްރެފިކަށް ބަންދުކޮށްފަ އެވެ.

ކޮމެންޓް (1)

އިބްރާހިމް Avatar

އިބްރާހިމް

27 ޖުލައި 2024
މިއީ ހުޅުމާލެ މިހާރު އެހާ ބާރު ބޮޑު ނޫން ސަރަހައްދެއް އިތުރަށް ޓްރެފިކު ބާރުބޮޑު ވެގެންދާނެ ކަމެއް..އެއްފަހަރާ ގޯޅި އެޅޭނީ އެންމެ ހަތަރު ފުރޮޅުގެ އުޅަނދަކަށެވެ. މީގެ ސަބަބުން މަގުގެ ޓްރެފިކު ބާރުބޮޑުވެ ބާރުބސްޕީޑުގައި ދުއްވާ ޒުވާނުން ގާފޮޅަށް އަރައި
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް