ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ދަށުން ބަލައިފާސްކުރި ތަނެއް. (ފޮޓޯ/ އިމިގްރޭޝަން)

4 ތަނަކުން ގަވާއިދާ ހިލާފަށް އުޅޭ 16 ބިދޭސީން ހައްޔަރުކޮށްފި

އެ މީހުން ހައްޔަރުކުރީ ރޭ؛ ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ކުރިއަށްގެންދާ އެ އޮޕަރޭޝަންގެ ދަށުން 2000އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްފި
26 ޖުލައި 2024
1

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ހޯދަން މާލޭގެ ހަތަރު ތަނެއް ބަލައި ފާސްކޮށް، 16 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ރޭ ގެންގޮސްފި އެވެ.

ވީ ކިހިނެއް؟ - އިމިގްރޭޝަނުން ރޭ 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނީ އެ މީހުން ހައްޔަރުކުރީ އެ އިދާރާ އާއި ފުލުހުން ގުޅިގެން، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގަ އެވެ.

ތަފްސީލް - އިމިގްރޭޝަނުން ބުނީ އެ މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ރޭގައި ކަމަށެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންގެ ދަށުން މިހާތަނަށް:

  • 2،000އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްފައި

  • ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި އެބަތިބި

  • އެ މީހުން ޑީޕޯޓްކުރަން ކުރަން ޖެހޭ ކަންކަން ދަނީ ކުރަމުން

ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގަމުންދާ އޮޕަރޭޝަންތަކުގައި މިވަގުތު މައިގަނޑު ގޮތެއްގައި ޓާގެޓު ކުރަމުންދަނީ:

  • ހަށިވިއްކާ ތަންތަނަށް

  • ޓޭކަވޭ ކޮފީ ތަންތަނަށް

  • ބިދޭސީން ހިންގާ ކުދި ވިޔަފާރިތައް

  • ހިއުމަން ޓްރެފިކިން ނުވަތަ އިންސާނީ ވަގުފާރި ކަމަށް ޝައްކު ކުރެވޭ ކަންކަން

އެނގުން މުހިންމު - ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކާއި އިމިގްރޭޝަނާ ގުޅުންހުރި މައްސަލަތައް ހުށަހަޅަން 'އިމިގްރޭޝަން ވޮޗު'ގެ ނަމުގައި ޕޯޓަލެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ.

އެ ޕޯޓަލް މެދުވެރިކޮށް:

  • ކޮންމެ މީހަކަށް ވެސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓުކުރެވޭނެ

  • ވަގަށް ރާއްޖެ އެތެރެވާން އުޅޭ ބިދޭސީންގެ މައްސަލަ ހުށަހެޅޭނެ

  • 24 ގަޑިއިރު މައްސަލަ ރިޕޯޓު ކުރެވޭނެ

  • ފޮޓޯއާ އެކު މައުލޫމާތު ހުށަހެޅޭނެ

ކޮމެންޓް (1)

އިހުސާނު އަށް

26 ޖުލައި 2024
ކަލޯ އިހުސާން މިފަހަރު ހުއްޓާލައިގެން ނުވާނެ ރާއްޖެ ސާފުނުކޮށް. ކެރިގެން ކުރިމަތިލާތި ޕްރެޝަރު ކުރާމީހުންނާއި. ރައްޔިތުންގެ ތާއިދު އޮންނާނެކަން ދަންނާތި.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް