ނައިފަރުގައި ހުންނަ މަދަރުސަތުލް އިފްތިތާހް ކުރިމަތީގައި ބެލެނިވެރިން މުޒާހަރާ ކުރަނީ.

ޅ. ނައިފަރު

ޓީޗަރެއްގެ ތުހުމަތުތަކާ ގުޅިގެން ނައިފަރުގައި ބެލެނިވެރިން މުޒާހަރާކުރަނީ

ބެލެނިވެރިން މުޒާހަރާކުރަމުންދަނީ ބަދުއަހްލާގީ މައްސަލަތަކެއް ފެންމަތިވެފައިވާ އެ ޓީޗަރު އަދިވެސް ސްކޫލްގައި ކިޔަވައިދެމުންދާ ކަމަށް ބުނެ
25 ޖުލައި 2024
2

ޅ. ނައިފަރުގައި ހުންނަ މަދަރުސަތުލް އިފްތިތާހް ސްކޫލްގެ އިސްލާމް ޓީޗަރެއްގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކާ ގުޅިގެން އެ ސްކޫލްގެ ބެލެނިވެރިން މިއަދު މުޒާހަރާކުރަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ބެލެނިވެރިން މުޒާހަރާކުރަމުންދަނީ ބަދުއަހްލާގީ މައްސަލަތަކެއް ފެންމަތިވެފައިވާ އެ ދިވެހި ފިރިހެން މީހާ އަދިވެސް ސްކޫލްގައި ކިޔަވައިދެމުންދާ ކަމަށް ބުނެ އެވެ. އެ ސްކޫލްގައި ކިޔަވައިދޭތާ އެތައް އަހަރެއް ވެފައިވާ އެ ޓީޗަރު ކިޔަވައިދެނީ ގްރޭޑް 1 އަދި 2 އަށެެވެ.

ތަފްސީލް - އެކަމާ ގުޅޭ ގޮތުން ސްކޫލްގެ ކަންކަން އެނގޭ މީހަކު، ނަން ނުުޖަހާ ގޮތަށް 'ދައުރު'އަށް މިއަދު ބުނީ މިއީ އެ ޓީޗަރުގެ އެފަދަ މައްސަލައެއް ފެންމަތިވި ފުރަތަމަ ފަހަރު ނޫން ކަމަށެވެ. އޭނާ ބުނި ގޮތުގައި:

  • ސްކޫލް ތެރޭގައި އެ ޓީޗަރު ނަގާފައިވާ ބަރަހަނާ ފޮޓޯއެއް މިދިޔަ އަހަރުގެ ކުރީކޮޅު ލީކުވެފައިވޭ

  • އެ މައްސަލައާ ގުޅިގެން އެއް މަހަށް ސަސްޕެންޑްކުރި

  • މީގެ ދެ ދުވަސް ކުރިން މަސްތުވާތަކެތި ބޭނުންކުރާ އަންހެނަކާ އެކު ފަޅުގެއެއްގެ ތެރެއިން ފެންނަން ނުވާ ގޮތަކަށް ފެނިފައިވޭ

  • އެ ތަނަށް ފުލުހުން ހާޒިރުވުމުގެ ކުރިން އެ ޓީޗަރު ވަނީ އެ ތަނުން ފިލާފައި

  • އެ ޓީޗަރު ވަޒީފައަށް ނުނެރުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގާފައެއް ނުވޭ

  • މުޒާހަރާކުރަމުންދާތީ އޭނާގެ ރައްކާތެރިކަމަށްޓަކައި އޭނާ މިވަގުތު ވަނީ ސްކޫލުން ގެއަށް ފޮނުވާލާފައި

  • އެ ޓީޗަރާ ގުޅޭ އެފަދަ އަޑުތައް ރަށުތެރޭގައި ފެތުރޭ

މުޒާހަރަކުރަމުންދާ ބެލެނިވެރިން ބުނާ ގޮތުގައި، އެފަދަ އަމަލުތަކެއް ކުރާ ޓީޗަރަކު ދަރިވަރުންނަށް ކިޔަވައިދޭތީ ބެލެނިވެރިންގެ ކަންބޮޑުވުން ވަރަށް ބޮޑެވެ.

މިކަމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.

ކޮމެންޓް (2)

ވީނު

26 ޖުލައި 2024
ގޭންގުތައް އެކި ކަންކަމުގައި ސްކޫލްތަކަށް ވައްދަންް އޯކޭ ދޯ. ކުދި ޅަދަރިން އިނގިލީ ލައިގެން ގޮސް، އެފަދަ ގޭންގުތަކާ ހަވާލު ކުރަނީ ވެސް ބެލެނިވެރީން. މިކަން ފާހަގަ ކޮށްލުމަކީ އެ ޓީޗަރަށް ތާއީދު ކުރުމެއް ނޫން. އޭނާ ސަސްބެންޑުކޮށް މައްސަލަ ބެލުމަށް ގޮވާާލަން
0 0

ބެލެނިވެރިއެއް

26 ޖުލައި 2024
ކިހާދެރަކަންތައްތައްތި ހުންނަނީ، ކުލާސްތެރޭގާތިނަގާ ފޮޓޯތައް ކުދީންނަށް ނުދައްކާކަމެއްވެސް ނޭނގެ މިބާވަތޔގެ ފާހިޝްކަންތައް ކުރާމީހުންނޫނީ ސުކޫލުތަކަށް ފޮނުވަންނުފެންނަނީބާ! މިހާރުމިގައުމުގާ ބޮއްސުންނުލާހަަމަ އެއްކަމެއްވެސް ނެތް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް