ރައީސް މުހައްމަދު މުއިއްޒު 'މާލެ ފަހި ޕްރޮގްރާމް' އިފްތިތާހުކޮށްދެއްވަނީ. (ފޮޓޯ/ ރައީސް އޮފީސް)

ރައީސް 'މާލެ ފަހި ޕްރޮގްރާމް' އިފްތިތާހު ކޮށްދެއްވައިފި

މިއީމާލެ ސަރަހައްދުގައި ބޮޑުވެފައިވާ ޓްރެފިކްގެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން ފެށުނު ޕްރޮގްރާމެއް

މާލެ ސަރަހައްދުގައި ބޮޑުވެފައިވާ ޓްރެފިކްގެ މައްސަލައަށް ހައްލު ހޯދައިދެއްވުމުގެ ގޮތުން ރައީސް މުހައްމަދު މުއިއްޒު މިރޭ 'މާލެ ފަހި ޕްރޮގްރާމް' އިފްތިތާހު ކޮށްދެއްވައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް މި ޕްރޮގްރާމު އިފުތިތާހުކޮށްދެއްވީ މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. މާލެފަހި ޕްރޮގްރާމް އިފުތިތާހު ކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ 'މާލެ ފަހި ޕްރޮގްރާމު'ގެ ފޮތް ވެސް ނެރެދެއްވާފަ އެވެ.

ތަފްސީލް - މި ޕްރޮގްރާމަކީ މާލެ ސަރަހައްދުގައި އާދަޔާހިލާފަށް އެއްގަމު އުޅަނދު އިތުރުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ޓްރެފިކްގެ ތޮއްޖެހުމަށް އެކަށީގެންވާ ހައްލެއް ހޯދައި މާލެ ސަރަހައްދުގެ މަގުތަކަކީ ހިނގާމީހުންނަށާއި އުޅަނދު ދުއްވާ ފަރާތްތަކަށް ރައްކާތެރި އަމާން ތަނަކަށް ހެދުމުގެ މަގްސަދުގައި ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު ތިން ބަޔަކީ:

  • 1-

    ގާނޫނާއި ގަވައިދުގެ ތެރެއިން އުޅަނދު ރަޖިސްޓްރީކުރުމާއި އުޅަނދުގެ އަދަދު ކޮންޓްރޯލްކުރުން 

  • 2-

    ޕަބްލިކް ޓްރާންސްޕޯޓްގެ ވަސީލަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްގީކުރުން

  • 3-

    މަގުތަކަކީ ދަތުރުފަތުރާއި ހިނގާބިނގާވެ އުޅެން ރައްކާތެރި، ފަސޭހަ އަދި އަމާން ތަންތަނަށް ހެދުން

މާލެ ފަހި ޕްރޮގްރާމަކީ ރައީސްގެ އިސްނެންގެވުމުގެ މަތިން އެމަނިކުފާނުގެ ހާއްސަ އިރުޝާދާއެކީ ޓްރާންސްޕޯޓް މިނިސްޓްރީން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.

ކޮމެންޓް (1)

ވަގުތުން ވަގުތަށް

25 ޖުލައި 2024
މަގުތަކުގަ އެތައް މަހެއް ވީއިރު ޕާކުކޮށްފަ ހުންނަ ރަޖިސްޓްރީ ނުކުރާ ވެހިކަލްތައް ގަވާއިދުގެ ތެރެއަށް ފައްތަން ފުރުސަތުދެނީ ކީއްކުރަން؟ ޓޯ ކޯށްފަ ބާދަގަނޑަށް ކިރާލީމާ ސަރުކާރަށް ފައިސާ ލިބޭނެނު؟ މިނޫނީ ގާނޫނާއި ހިލާފުވާން ހިތްވަރުދޭ ގައުމެއް ނުދެކެން.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް