ޝަމްނާޒް ރައީސް މުއިއްޒުއާ ސަލާމްކުރައްވަނީ

ފުލުހުން

ސިހުރުގެ މައްސަލަ: ދައުވާކުރުމާ ގުޅޭގޮތުން ޕީޖީ އޮފީހާ މަޝްވަރާ ކުރަން ފަށައިފި

ރައީސްއަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ސްޓޭޓް މިނިސްޓަރު ޝަމްނާޒް އަލީ ހިމެނޭހެން ތިން މީހަކު ހައްޔަރުކުރި

ރައީސް މުހައްމަދު މުއިއްޒަށް ސިހުރު ހެދި ކަމަށް ބުނާ މައްސަލާގައި، އެންވަޔަރަމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް ހިމެނޭހެން ހައްޔަރުކުރި މީހުންގެ މައްޗަށް ދައުވާކުރުމާ މެދު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާ އެކު ފުލުުހުން މަޝްވަރާކުރަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - މި މައްސަލާގައި ތުހުމަތުކުރެވިގެން ޝަމްނާޒާއި އިތުރު ދެ މީހަކު ފުލުހުން ހައްޔަރުކުރީ މިދިޔަ މަހުގެ ފަހުކޮޅެވެ. އޭގެތެރޭގައި ޝަމްނާޒްގެ ކޮއްކޮ ހައްވާ ސަނާ ވެސް ހިމެނެ އެވެ. ބަންދުކުރި އަމުރު ޝަމްނާޒްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނިކޮށް، މި މަހުގެ 13ގައި ފުލުހުން ވަނީ ބަންދު މުރާޖައާނުކޮށް އެ ތިން މީހުން ވެސް ދޫކޮށްލާފަ އެވެ.

ފުލުހުން ބުނެފައިވަނީ އެ މީހުން ދޫކޮށްލީ އިތުރަށް ބަންދުގައި ބައިތިއްބަން ތަހުގީގަށް ނުފެންނާތީ ކަމަށެވެ.

ތަފްސީލް - މިހާރު ވެސް ތަހުގީގު ކުރިއަށްދާ މި މައްސަލާގައި، ފުލުހުން މިހާރު ދަނީ ދައުވާކުރުމާ މެދު އެ އޮފީހާ މަޝްވަރާކުރަމުން ކަމަށް ޕީޖީ އޮފީހުން މިއަދު ބުންޏެވެ. 

'ދައުރު' އަށް އެނގިފައިވާގޮތުގައި ޝަމްނާޒް ހިމެނޭހެން، ތިން މީހުންގެ މައްޗަށް ވެސް ދައުވާ ކުރުމާ މެދު ދަނީ މަޝްވަރާކުރަމުންނެވެ.

އެނގުން މުހިންމު - ރައީސް އާއި ރައީސްގެ އާއިލާއަށް ސިހުރު ހެދި ކަމަށް ބުނާ މައްސަލަ ފެންމަތިވެފައި ވަނިކޮށް ޝަމްނާޒް އާއި އޭނާގެ ކުރީގެ ފިރިކަލުން، ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒް ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެ ދެ ބޭފުޅުން އަދިވެސް ތިއްބެވީ ސަސްޕެންޝަނުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް