ބަންގްލަދޭޝްގައި ކުރިއަށް ގެންދިޔަ މުޒާހަރާ

ބަންގްލަދޭޝްގައި ތިބި ދިވެހިންގެ ހާލު ރަނގަޅު: ފޮރިން މިނިސްޓްރީ

ބަންގްލަދޭޝްގައި ސަރުކާރާ ދެކޮޅު މުޒާހަރާއާ ހެދި އެކި ހިސާބުތަކުގައި ވަނީ ކާފިއު ވެސް އިއުލާންކޮށްފައި
21 ޖުލައި 2024

ބަންގްލަދޭޝްގައި ދިރިއުޅެމުން އަންނަ އަދި އެގައުމުގައި މިވަގުތު ތިބި ހުރިހާ ދިވެހިންގެ ހާލު ވެސްރަނގަޅު ކަމަށާއި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވަނީ ކާފިއު އިއުލާނުކޮށް ބޭރަށް ނުކުމެ އުޅުން މަނާކޮށްފަ އެވެ.

ތަފްސީލް - ފޮރިން މިނިސްޓްރީގެ ބަޔާނެއްގައި ބުނީ ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގައި ރަޖިސްޓްރީވެފައިވާ 90 ދަރިވަރުންނާއި އާއިލާތަކާއި އެކި ކަންކަމުގައި އެ ގައުމަށް ގޮސް މި ވަގުތު ތިބި ދިވެހިންނަށް ގުޅައި ހާލުބަލައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ:

  • އެ ގައުމުގެ އުތުރުގެ މެޑިކަލް ސްކޫލެއްގައި ކިޔަވަން ދިޔަ ދެ ދަރިވަރަކު ސްކޫލްތައް ބަންދުކުރުމުން އެނބުރި ރާއްޖެ އަންނަން ބޭނުންވާ ކަމަށް ފޮރިން މިނިސްޓްރީއަށް އަންގާފައިވަތީ އެ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް

  • ބަންގްލަދޭޝްގެ ސަރުކާރުން އިރުޝާދު ދީފައިވާ ގޮތަށް ބޭރަށް ނުކުމެ ނޫޅެން އިލްތިމާސްކުރި

  • އެހީތެރިކަމެއް ބޭނުންވާ ފަރާތްތަކުން އެ ގައުމުގައި ހުންނަ ހައި ކޮމިޝަނަށް ގުޅަން އެދިފައިވޭ

  • އޭގެ އިތުރުން މިނިސްޓްރީގެ ހޮޓްލައިން 7983400 އަށް ގުޅޭނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވޭ

އެނގުން މުހިންމު - ބަންގްލަދޭޝްގެ ސިވިލް ސާވިސްގެ ވަޒީފާތައް އެ ގައުމު މިނިވަންކުރަން ހަނގުރާމަކުރި ސިފައިންގެ އާއިލީ މީހުންނަށް ދިނުމާ ދެކޮޅަށް މުޅި ގައުމުގައި ކުރިއަށް ގެންދާ މުޒާހަރާތަކުގައި އެތައް ބަޔަކު މަރުވެ، އެތައް ސަތޭކަ ބަޔަކު ވަނީ ޒަހަމްވެފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް