ފުލުހުން ކްރައިމް ސީނެއްގައި ހަރަކާތްތެރި ވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ފުލުހުން

ޓިކްޓޮކް ލައިވްއެއްގައި ޖެހުނު މައްސަލަ ހަމަނުޖެހުމަކަށްވެ 2 މީހަކު ހައްޔަރަށް

ފުލުހުން ވަނީ މިހާރު އެ ދެ މީހުން ދޫކޮށްލާފައި

ޓިކްޓޮކް ލައިވެއްގައި ހިނގި ދެބަސްވުމަކާ ގުޅިގެން ހަމަނުޖެހުން ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ދެ މީހަކު ގެންގޮސްފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި:

  • ޓިކްޓޮކްގައި ހިނގި ދެބަސްވުމެއްގައި މިއަދު ހެނދުނު މާފަންނުގައި ހުރި ގެއަކަށް ވަދެ ބަޔަކު ހަމަނުޖެހުން ހިންގަން އުޅުނު

  • އެކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ؛ ނަމަވެސް، އެ ދެ މީހުން މިހާރު ވަނީ ދޫކޮށްލާފައި

މިކަމާ ގުޅޭ އިތުރު ތަފްސީލް މިހާތަނަށް ފުލުހުން ދީފައެއް ނުވެ އެވެ. އަދި ޓިކްޓޮކް ލައިވްގައި ޖެހުނީ ކޮން މައްސަލައެއް ކަމެއް ސާފެއް ނޫނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް