އެންމެ ފަހުން އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވޯޓު ގުނަނީ: މިއަދު ހަ ބައި-އިލެކްޝަން އޮތް (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)
މާލެ އާއި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިންތިހާބު ވެސް ޕީއެންސީން ކާމިޔާބުކޮށްފި
މިއަދު އޮތް މާލެ ސިޓީ ކައުންސިލް އިންތިހާބުގެ ތިން ގޮނޑި އާއި ކުޅުދުއްފުށީ ކައުންސިލްގެ ހުސްވެފައިވާ ގޮނޑީގެ އިންތިހާބު ވެސް ވެރިކަންކުރާ ޕީއެންސީން ކާމިޔާބުކޮށްފި އެވެ.
ވީ ކިހިނެއް؟ - ކައުންސިލްތަކުން ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން ހޮވަން އިލެކްޝަން ކޮމިޝަނުން މިއަދު ވަނީ އިންތިހާބުތައް ބާއްވައިފަ އެވެ. އެގޮތުން ހަ ދާއިރާއެއްގެ ބައި އިލެކްޝަން ބޭއްވި އެވެ.
ތަފްސީލް - އިލެކްޝަންސްގެ ނަތީޖާ ދައްކާ ގޮތުން މާލޭ ސިޓީގެ ތިން ގޮނޑި އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ގޮނޑި ޕީއެންސީން ކާމިޔާބުކުރީ ބޮޑު ތަފާތަކުންނެވެ.
މާލެ އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިންތިހާބުތައް ކާމިޔާބުކުރެއްވީ:
-
ފާތިމަތު ޝައުފާ: ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑި
-
ފާތިމަތު އިޝާން އަލީ: މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި
-
އަލީ އައިމަން: ހުޅުމާލެ ދާއިރާގެ ގޮނޑި
-
އިބްރާހިމް އަހުމަދު: ކުޅުދުއްފުށީ ސިޓީ އުތުރު ދާއިރާގެ ގޮނޑި
ދެން ބައި އިލެކްޝަން ބޭއްވީ:
-
ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރުގެ ގޮނޑިއަށް
-
ފ. ބިލެތްދޫ ކައުންސިލުގެ ރައީސްގެ ގޮނޑިއަށް
މި ބައި-އިލެކްޝަންތަކުގައި ޖުމްލަ 13،112 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވެ އެވެ. އެކަމަކު މިފަހަރުގެ އިންތިހާބުތަކުގައި ވޯޓުލީ 3،528 މީހުން ކަމަށް އިލެކްޝަނުން ބުންޏެވެ.