ހުޅުމާލޭގެ މަގެއް. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

މާރާމާރީ

ހުޅުމާލެ މާރާމާރީގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

މި މަހު އަށް ވަނަ ދުވަހު ހިންގި އެ މާރާމާރީއާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށް، އަނިޔާ ލިބުނު މީހާގެ އާއިލާއިން ކަންބޮޑުވުން ފާޅުކުރަމުން އަންނަނިކޮށް، 22 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކުރީ މިއަދުގެ ވަގުތެއްގައި

މި މަހު ކުރީކޮޅު ހުޅުމާލޭގައި ހިންގި މާރާމާރީއަކާ ގުޅިގެން ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

ވީ ކިހިނެއް؟ - މި މަހު 8 ވަނަ ދުވަހު ހިންގި އެ މާރާމާރީއާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށް، އަނިޔާ ލިބުނު މީހާގެ އާއިލާއިން ކަންބޮޑުވުން ފާޅުކުރަމުން އަންނަނިކޮށް، 22 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކުރީ މިއަދު އެވެ.

ބުނީ ކީކޭ؟ - "މި މައްސަލައާ ގުލިގެން ހައްޔަރުކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި،" ފުލުހުންގެ މީޑިއާއިން ބުނެ އެވެ.

ތަފްސީލު - އެ މާރާމާރީގައި ދިވެހި ފިރިހެނަކަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ.

އަނިޔާވި މީހާގެ ބޮލުގެ ފުށްކިބަ ފަޅައިގެން ގޮސްފައިވާއިރު، އެއް ލޯ ވަރަށް ބޮޑަށް ދުޅަވެ، މޫނުމަތީގައި ވެސް ކުދި ޒަހަމު ހުރިތަން އެ ފޮޓޯތަކުން ފެނެ އެވެ.

އާއިލާއާ ހަވާލާދީ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި އޭނާއަށް ހަމަލާދިނީ މަގުމަތީގައި ހުއްޓަ އެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނި ނަމަވެސް، މި މާރާމާރީގެ ތަފްސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް