ށ. އަތޮޅުން ރިސޯޓު ތަރައްގީ ކުރަން ހުޅުވާލި 3 ފަޅު ރަށް (ދިގުވެލިދޫ، މެދުރަށް އަދި ދިގުރަށް).

ޓޫރިޒަމް

ކްރޮސް ސަބްސިޑީއަށް ބިން ދޫކުރުމުގެ ކުރިން ދައްކަންޖެހޭ އަދަދު ބޮޑޫކޮށްފި

މީގެ ކުރިން އަމަލުކުރަމުން އައީ މަޝްރޫއަށް ހަރަދުކުރަން ކަނޑައަޅާ ފައިސާގެ ޖުމްލަ އަދަދުގެ ތެރެއިން 1 މިލިއަން ޑޮލަރު އިންވެސްޓަރު ސަރުކާރަށް ދައްކަން ޖެހޭ ގޮތަށް

ސަރުކާރުން ހިންގާ މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ފައިސާ ދޭ ގޮތަށް ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދޫކުރާއިރު ކުލީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ދައްކަން ޖެހޭ އަދަދު ބޮޑުކޮށްފި އެވެ.

ތަފްސީލު - މިކަމާ ބެހޭ ގަވާއިދަށް ޓޫރިޒަމް މިނިސްޓްރީން އިސްލާހު ގެނެސް، ސަރުކާރުގެ ގެޒެޓުގައި އިއްޔެ ވަނީ ޝާއިއުކޮށްފަ އެވެ.

މީގެ ކުރިން އޮތް ގޮތް:

  • ގަވާއިދު ފުރަތަމަ ހެދިއިރު ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެވޭނީ އެ މަޝްރޫއަށް ހަރަދުކުރަން ކަނޑައަޅާ ޖުމްލަ ފައިސާ 60 ދުވަހަށް ވުރެ ދިގު ނޫން މުއްދަތެއްގައި ސަރުކާރަށް ދެއްކުމުން

  • އެ ގަވާއިދަށް ގެނައި ފުރަތަމަ އިސްލާހުގައި ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ހިފުމަށް ހުށަހަޅާފައިވާ ފަރާތުން މަޝްރޫއަށް ހަރަދުކުރަން ކަނޑައަޅާ ފައިސާގެ ޖުމްލަ އަދަދުގެ ތެރެއިން 1 މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ދައުލަތަށް ދައްކަންޖެހޭ ގޮތަށް ބަދަލުކުރި

އެންމެ ފަހުގެ އިސްލާހު:

  • ރަށް، ފަޅު ނުވަތަ ބިމަކަށް ޖެހޭ ޖުމްލަ އަދަދު 10 މިލިއަން ޑޮލަރު (153 މިލިއަން ރުފިޔާ)އަށް ވުރެ ބޮޑުވާ ނަމަ، އެ އަދަދުގެ %50 ކުލީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ދެއްކުން

  • ބާކީ ދައްކަން ޖެހޭ ފައިސާ މި އަހަރުގެ ނިޔަލަށް ބަހާލައިގެން ދެއްކުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް