މ. މުލި (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

މ. މުލި

މުލިން ކަރަންޓު ކެނޑިފައި އޮންނަތާ 1 ދުވަސް

މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ދޭތެރެދޭތެރެއިން އެކި ސަރަހައްދުތަކަށް 30 މިނެޓަށް ކަރަންޓު ދެމުން އަންނަ ކަމަށް މުލި ކައުންސިލުން މައުލޫމާތު ދޭ

މ. މުލިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި އޮންނަތާ އެއް ދުވަސް ވެއްޖެ އެވެ.

ވީ ކިހިނެއް؟ - މުލި ކައުންސިލް މެމްބަރު އަހްމަދު ސާކިފް 'ދައުރު'އަށް ވިދާޅުވި ގޮތުގައި، އެ ރަށުން ކަރަންޓުގެ ހިދުމަތް ކެނޑުނީ އިއްޔެގެ ވަގުތެއްގަ އެވެ.

ބުނީ ކީކޭ؟ - ސާކިފް ވިދާޅުވީ މައްސަލަ ހައްލުކުރުމުގެ މަސައްކަތް އެ އަތޮޅުގެ އެކި ރަށްރަށުން ޓެކްނިކަލް މުވައްޒަފުން އިއްޔެއިން ފެށިގެން ކުރަމުން އަންނަ ކަމަށެވެ.

"އަދިވެސް ދާއިމީ ހައްލެއް ނުލިބޭ. މައްސަލަ ދެނެނުގަނެވިގެން އުޅެނީ. ގޯސްކޮށް ހުރި ކަންކަން ރަނގަޅު ކުރަމުން އަންނަނީ،" އޭނާ ވިދާޅުވި އެވެ.

މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ދޭތެރެދޭތެރެއިން އެކި ސަރަހައްދުތަކަށް 30 މިނެޓަށް ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތަފްސީލު - ސާކިފް ވިދާޅުވި ގޮތުގައި، މިފަދަ މައްސަލައެއް ދިމާވެދާނެކަން މީގެ ކުރިން ފެނަކައިގެ އިސް ބޭފުޅުން ދެއްކި ވާހަކަތަކުން ވަނީ އެނގިފަ އެވެ.

"މިއަހަރު ރޯދަ މަހުގެ ތަންކޮޅެއް ކުރިން ރައީސް ކުރެއްވި ދަތުރުފުޅެއްގައި ފެނަކައިގެ އެމްޑީ ވެސް ވިދާޅުވި، މިއީ ކަރަންޓުގެ ހާލަތު އެންމެ ގޯސްކޮށް އޮތް އެއް ރަށް ކަމަށް. ނަމަވެސް ހައްލުނުވެފައި އޮތީ،" އޭނާ ވިދާޅުވި އެވެ.

އޭގެ ފަހުން 600 ކިލޯވޮޓުގެ ޖަނަރޭޓަރެއް މުއްޔަށް ގެންދިޔަ ނަމަވެސް، އޭނާ ވިދާޅުވީ އެ ޖަނަރޭޓަރު ހުރީ އަދިވެސް އިންސްޓޯލް ނުކޮށް ކަމަށެވެ.

ކަރަންޓު ހިދުމަތް މެދުކެނޑުމުން މުލި ރައްޔިތުންގެ އާންމު ދިރިއުޅުމަށް ބުރޫ އަރާފައިވާއިރު، ސާކިފް ވިދާޅުވީ ރޭ ގިނަ މީހުން އުޅުނީ ނުނިދާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ފެނަކައިގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.

ކޮމެންޓް (1)

އޮނަރަބަލް ގަރުދިޔަ ބޯތަށި

18 ޖުލައި 2024
މުއިއްޒު ސްޕީޑު ތިއީ އިނގޭތޯ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް