ކުރީގެ ރައީސް މުހައްމަދު ނަޝީދު (ދައުރު ފޮޓޯ/ހުސެއިން ސުނެއިން)

އެންމެ ހެޔޮ ނަސޭހަތް ދެއްވި އެއް ބޭފުޅަކީ ސޯލިހްގެ މަންމާފުޅު: ނަޝީދު

ކުރީގެ ރައީސް ސޯލިހުގެ މަންމާފުޅު މޫމިނާ ހުސެންފުޅު މިއަދު ވަނީ އަވަހާރަވެފައި. ކުރީގެ ރައީސް ނަޝީދު އާއި ސޯލިހުއަކީ ކުރިން ވަރަށް ގާތް ދެ ބޭފުޅުން
18 ޖުލައި 2024
1

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހަޔާތްޕުޅުގައި އެންމެ ހެޔޮ ނަސޭހަތެއް ދެއްވި އެންމެ ގާތް އެއް ބޭފުޅަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންމާފުޅު މޫމިނާ ހުސެންފުޅު ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ސޯލިހުގެ މަންމާފުޅު މިއަދު ވަނީ އަވަހާރަވެފަ އެވެ. ނަޝީދުގެ މެސެޖް އައީ ސޯލިހުގެ އާއިލާއަށް ވިދާޅުވި ތައުޒިޔާގެ ތެރޭގަ އެވެ.

ތަފްސީލް - ނަޝީދާއި ސޯލިހަކީ ތުއްޕުޅު އިރުއްސުރެ އާއިލީ އެކުވެރިކަމުގެ ތެރެއިން ވަރަށް ގާތް ދެ ބޭފުޅުންނެވެ. 

"އަޅުގަނޑުގެ ހަޔާތުގައި އަޅުގަނޑަށް އެންމެ ހެޔޮ ނަސޭހަތް ދެއްވި، އެހާމެ ގާތް އެއް ބޭފުޅަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންމަ މޫމިނާ ހުސެއިން ފުޅު،" ތައުޒިޔާގެ މެސެޖްގައި ނަޝީދު ވިދާޅުވި އެވެ.

އުމުރުފުޅުން 80 އަހަރުގައި އަވަހާރަވި މޫމިނާގެ ކަށުނަމާދު އޮންނާނީ އިސްލާމީ މަރުކަޒުގަ އެވެ.

މަންމާފުޅު އަވަހާރަވުމާ ގުޅިގެން ސޯލިހުގެ އާއިލާއަށް ވަރަށް ގިނަ ބަޔަކު ގެންދަނީ ތައުޒިޔާގެ މެސެޖްތައް ފޮނުވަމުންނެވެ. 

ކޮމެންޓް (1)

ބުރުގާ

18 ޖުލައި 2024
ނަޝީދަކީ ދޮގުހަދާ، ފިތުނަވެރި، އަދާވާތްތެރި، ބޮޑު ފެއިލިއަރެއް. މިހާރު އެއުޅެނީ ހުސްބުޅީގަ އެމެޑީޕީ ގަނޭތޯ ބަލަން....
4 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް