8 ޖުލައި 2024: އަމީނީ މަގު ޕޮލިސް ސްޓޭޝަން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މާރާމާރީ

މާރާމާރީއަކާ ގުޅިގެން 22 އަހަރުގެ މީހަކު ހައްޔަރުކޮށްފި

މި މައްސަލާގައި މީހަކު ހައްޔަރުކޮށްފައިމިވަނީ، އެ މާރާމާރީއާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކުރެވިފައި ނުވާ ކަމަށް ބުނެ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް

ހުޅުމާލޭގައި ހިނގި މާރާމާރީއަކާ ގުޅިގެން 22 އަހަރުގެ ދިވެއްސަކު މިއަދު ހައްޔަރުކޮށްފި އެވެ. 

ވީ ކިހިނެއް؟ - މި މަހުގެ އަށް ވަނަ ދުވަހު ހިނގި މި މާރާމާރީގައި ދިވެހި ފިރިހެނަކަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ. އަދި އާއިލާއާ ހަވާލާދީ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި އޭނާއަށް ހަމަލާދިނީ މަގުމަތީގައި އިންދަ އެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނިނަމަވެސް، މި މާރާމާރީގެ ތަފްސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. 

ތަފްސީލް - މި މައްސަލާގައި ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވާގޮތުން މި މައްސަލާގައި ދިވެއްސަކު ހައްޔަރުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ. އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

މި މައްސަލާގައި މީހަކު ހައްޔަރުކޮށްފައިމިވަނީ، އެ މާރާމާރީއާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކުރެވިފައި ނުވާ ކަމަށް ބުނެ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

އެނގުން މުހިންމު - ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ބައެއް ފޮޓޯތަކުން ފެންނަގޮތުން، މި މާރާމާރީގައި އަނިޔާވި މީހާގެ ބޮލުގެ ފުށްކިބަ ފަޅައިގެންގޮސްފައިވާއިރު، އެއް ލޯ ވަރަށް ބޮޑަށް ދުޅަވެފައިވެ އެވެ. އަދި މޫނުމަތީގައި ވެސް ކުދި ޒަހަމު ހުއްޓެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް