އައްޑޫ ޕޮލިސް ކޮލެޖުގައި ފުލުހުންގެ ފުރަތަމަ ޓްރެއިނިން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

ޕޮލިސް ކޮލެޖު

ޕޮލިސް ކޮލެޖުގެ ގިނަ ދަރިވަރުންތަކެއް ބަލިވެގެން ފަރުވާ ދެނީ

28 އަކަށް ކުދިންނަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން؛ އެކުދިން ބަލިވި ސަބަބު ދެނެގަތުމަށްޓަކައި ޓެސްޓުތައް ހަދަމުންދާ ކަމަށް ފުލުހުން ބުނި

އައްޑޫގައި ހުންނަ ޕޮލިސް ކޮލެޖުގައި ޓްރެއިނިން ހަދަމުން އަންނަ ބެޗުގެ ގިނަ ދަރިވަރުންތަކެއް ބަލިވެގެން ފަރުވާ ދޭން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި:

  • ޕޮލިސް ކޮލެޖުގެ ގިނަ ދަރިވަރުންތަކެއް ބަލިވެ، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ވަނީ އެނދުމަތިކޮށްފައި

  • އެކަން ދިމާވި ސަބަބު ހޮސްޕިޓަލު މެދުވެރިކޮށް ދަނީ ބަލަމުން

ބުނީ ކީކޭ؟ - އެކަމާ ގުޅިގެން 'ދައުރު'އިން ސުވާލު ކުރުމުން ފުލުހުންގެ ތަރުޖަމާނު، އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، ޕޮލިސް ކޮލެޖުގައި 200 އެއްހާ ކުދިން ކިޔަވަމުންދާ އިރު، މިވަގުތު އޭގެ ތެރެއިން 28 އަކަށް ކުދިން ބަލިވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

އަދި އޭގެތެރެއިން ތަންކޮޅެއް ހާލު ސީރިއަސް އެއް ކުއްޖަކު އުޅޭ ނަމަވެސް، ގިނަ ކުދިންގެ ހާލު އަނެއްހެން ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.

އެކުދިން ބަލިވި ސަބަބު މިހާތަނަށް ޔަގީންނުވާ ކަމަށާއި އެކަން ދެނެގަތުމަށްޓަކައި ހޮސްޕިޓަލުން މިހާރު ޓެސްޓުތައް ހަދަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - ސޯޝަލް މީޑިއާގައި ހަބަރު ފެތުރެމުންދާ ގޮތުގައި އެކުދިންނަށް ފަރުވާ ދެމުންދަނީ ފުޑް ޕޮއިޒަން ވެގެން ނުވަތަ ކާނާ ވިހަވެގެންނެވެ. ނަމަވެސް އެކަމާ މެދު ފުލުހުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ކޮމެންޓް (1)

_އާލް

20 ޖުލައި 2024
"އެ ކުދިންގެ ތުނބުޅި ބާލުވާފަ ތި ހިންގާ ޖަރީމާ އާ މެދު ސުވާލު ކުރެވޭނެކަން ހަނދާން ބަހައްޓަށްޗޭ" ގަވާއިދު ހަދާ މީހުންނަށް ބުނެލަން އޮތީ. ތުނބުލި ނުބައި ނުކޮށައި ސާފުކޮށް އުޅޭ ލައިގެން އިން އެތި ފައިގެ ތަނބިކަށްޓައް ވުރެ ތިރި ނުވާ އަދި ބެގީ ނުޖަހާ ޔުނީފޯރމް ލައިގެން އުޅޭ ހަގީގީ "ފިރިހެންވަންތަ" ލަޝްކަރުތަކާ ޑިފެންސް ފޯސްވެސް މިދުނިޔޭގައިވޭ. މުސްލިމު ގައުމެއްގައި ﷲއާއި ރަސޫލާގެ އަމުރާ ޚިލާފުވާގޮތަށް ކަންތައްކުރާތީ ދެރައީ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް