ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)
ކަރަންޓު ބިލު ކުޑަކުރެވޭނީ ތެލަށް ބަރޯސާވާ ވަރު ދަށްކޮށްގެން: ޝުޖާއު
ކަރަންޓު ބިލު ކުޑަކުރެވޭނީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށްގެން ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޝުޖާއު މިހެން ވިދާޅުވީ، މިދިޔަ މަސްތަކުގައި ކަރަންޓު ބިލު ބޮޑުވެފައިވާ ކަމަށާއި އެ ބިލުތަކަށްވާ ގޮތް ސާފުކޮށްދިނުމަށް އެދި އެމްޑީޕީގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުންނެވެ.
ތަފްސީލް - ޝުޖާއު ވިދާޅުވީ މުޅި ގައުމު ތެލަށް ބަރޯސާވެފައިވާ ކަމަށެވެ. އެހެންވެ، އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއެއް ހިންގަން މި ސަރުކާރުން އެސްއީޒެޑްގެ ޕްރޮޖެކްޓެއް ހިންގަން ހުއްދަ ދީފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"ރައީސް ޑރ. މުހައްމަދު މުއިޒުގެ ސަރުކާރުން އެސްއީޒެޑްގެ އެޕްރޫވަލް ނުވަތަ ޕްރޮޖެކްޓެއް ހިންގަން އެންމެ ފުރަތަމަ ދެއްވީ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއެއް ހިންގަން. އެއީ ކީއްކުރަންތޯ؟ އެއީ ތެލަށް ބަރޯސާވާ ބަރޯސާވުން ކުޑަކުރަން،" ޝުޖާއު ވިދާޅުވި އެވެ.
"އެކަން ހައްލުކޮށްގެން ނޫނީ އަޅުގަނޑުމެންނަކަށް ކަރަންޓު ބިލު ކުޑަައެއް ނުކުރެވޭނެ."
ޝުޖާއު ވިދާޅުވީ:
-
އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރުކޮށް، މި ސަރުކާރުން ކަރަންޓުގެ އަގު ހެޔޮކުރާނެ
-
މިިދިޔަ ފަސް އަހަރު ސްޓެލްކޯގެ އިންޖީނުތައް އޯވަހޯލްކޮށްފައެއް ނެތް
ފާހަގަކޮށްލެވޭ - ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތް ދެމުންދާ ރަށްރަށުގެ ތެރެއިން މަދުވެގެން ފަސް ރަށެއްގައި މި އަހަރުގެ ނިޔަލަށް ބެޓެރިން ކަރަންޓު ދޭން ފެށުމަށް ނިންމަވާފައިވާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.
ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި އާ އީޖާދީ ގޮތްތަކަށް ކަރަންޓު އުފެއްދުމަށާއި ކުންފުނީގެ ހިދުމަތުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރު ކުރުމަށް ސްޓެލްކޯއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކޮމެންޓް (1)
ޙުސައިން