ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަނީ (ފޮޓޯ/ މަޖިލިސް)

ސްޕޯޓްސް އާބިޓްރޭޝަން ހިމަނައި ކުޅިވަރުގެ ގާނޫނަށް އިސްލާހެއް ގެންނަނީ

ސްޕޯޓްސް މިނިސްޓަރު ވިދާޅުވީ ސްޕޯޓްސް އާބިޓްރޭޝަން ހިމަނައި އެ އިސްލާހު މިއަދު ނޫނީ މާދަމާ އޭޖީއަށް ފޮނުވާނެ ކަމަށް
17 ޖުލައި 2024
2

ސްޕޯޓްސް އާބިޓްރޭޝަނެއް އުފެއްދުމަކީ މުހިންމުކަމެއް ކަމަށާއި ކުޅިވަރުގެ ގާނޫނަށް ގެންނަން ނިންމާފައިވާ އިސްލާހުގައި އެކަން ހިމަނާފައިވާނެ ކަަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މިއަދު ވިދާޅުވެެއްޖެ އެވެ.

ވީ ކިހިނެއް؟ - މިނިސްޓަރު މިހެން ވިދާޅުވީ، ސްޕޯޓްސް މިނިސްޓްރީން ކުރިއަށްގެންދާ ބައެއް ޕްރޮޖެކްޓްތަކާ ގުޅޭ ގޮތުން ސުވާލު ކުރުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުކުރެއްވުމުން، އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، ހިތަދޫ ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

ބުނީ ކީކޭ؟ - ރާފިއު ވިދާޅުވީ މިހަފްތާގެ ތެރޭގައި އެ އިސްލާހު އޭޖީ އޮފީހަށް ފޮނުވާނެ ކަމަށެވެ.

"ސްޕޯޓްސް އާބިޓްރޭޝަނެއް އުފެއްދުމަކީ މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ކުޅިވަރުގެ ގާނޫނަށް މިހާރު ގެނެވިގެންދާ ބަދަލުގައި އެކަން އަޅުގަނޑުމެންވާނީ ހިމަނާފައި. އިރާދަކުރެއްވިޔާ މިހަފްތާގެ ތެރޭގައި އޭޖީ އޮފީހަށް ފޮނުވާ ގޮތަށް މިހާރު އޮތީ އެމެންޑްމެންޓްސް އަޅުގަނޑުމެންގެ މިނިސްޓްރީން މިއަދު ނޫނީ މާދަމާ އޭޖީ އޮފީހަށް ގެންދާ ގޮތަށް،" އޭނާ ވިދާޅުވި އެވެ.

ރަށްރަށުގައި ހިންގާ ކުޅިވަރާ ބެހޭ މަޝްރޫއުތައް ހުއްޓި އަދި ލަސްވަމުންދާތީ އެކަމާ ގުޅޭ ގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ބައެއް ޕްރޮޖެކްޓްތައް ލަސްވަމުންދަނީ ޕްރޮޖެކްޓް ނިންމޭ ވަރަށް ބަޖެޓުގައި ފައިސާ ނުހުންނަ ކަމަށެވެ.

"ބައެއް ފަހަރު އަޅުގަނޑުމެންގެ ބަޖެޓުގައި ނުހުރޭ ޕްރޮޖެކްޓް ނިންމޭ ވަރަކަށް ފައިސާއެއް. އެހެން ނަމަވެސް، ޕްރޮޖެކްޓްތައް އެބަހުރޭ ރަށްރަށުގައި ހަތަރު ޕްރޮޖެކްޓް، ފަސް ޕްރޮޖެކްޓް،" އޭނާ ވިދާޅުވި އެވެ.

"[މަޝްރޫއު] ހުއްޓިފައި އޮންނަ ހުއްޓުން ފައިސާ ނުލިބިއްޖެ ނަމަ އޮންނަނީ ހުއްޓިފައި. ދެން އަޅުގަނޑުމެންނަށް މި ޖެހެނީ އަނެއްކާވެސް އަންނަ އަހަރުގެ ބަޖެޓަށް ލައިގެން މި ޕްރޮޖެކްޓްތައް ކުރިއަށް ގެންދަން."

ރާފިއު ވިދާޅުވީ ބައެއް މަޝްރޫއުތަކަށް ބަދަލު އަންނަ ކަމަށާއި އެކަމުގެ ސަބަބުން އެކަމަށް ބޭނުންވާ ފައިސާ ނުލިބި އެފަދަ މަސައްކަތްތައް ހުއްޓޭ ކަމަށެވެ.

މަޝްރޫއުތައް ނުހުއްޓި ކުރިއަށް ގެންދިއުމަށް އަހަރުގެ ފަހުކޮޅުގައި ބައެއް ކަންކަން ފެށުމަށް ނިންމާފައިވާ ކަމަށާއި އޭރުން ޖެހިގެން އަންނަ އަހަރުގެ ބަޖެޓުގައި މަޝްރޫއަށް ބޭނުންވާ ބާކީ ފައިސާ ހިމަނައި މަސައްކަތް ނުހުއްޓި މަޝްރޫއުތައް ނިންމާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް (2)

އިބުރޭ

18 ޖުލައި 2024
މިފަދަ ކޮންމެ ބިލަކާއެކު އިތުރު އޮފީހަކާ މުވައްޒަފުންލާންޖެހުމަކީ ދައުލަތަށް މާލީގޮތުން ބުރަ ބޮޑުވަމުންދާކަމެއް. ނުފުދިގެން އުޅޭއިރު މިފަދަކަންކަން ނުކޮށްވޭތޯ ބަލަން އެބަޖެހޭ!
0 0
އިބްރާހިމް Avatar

އިބްރާހިމް

17 ޖުލައި 2024
އަނެއްކާވެސް ބޮޑު ބަޖެޓް ދޭންޖެހޭ އޮފީހެއް ވުޖޫދު ވަނީ.. ދެން ކޮން ޙަރަަދެއް ކުޑަ ކުރެވެނީ.. ޙަރަދު ކުރަން ބުނެފައި ޖެހިގެން އައި ދުވަހު 3 ވަޒީރުން ދިއަޔީ ކޮންމެ މީހެއްގެ ފަހަތުގައި 10 ވަރަކަށް މީހުންގެ ފައުޖަކާއި އެކު އެމެރިކާ ،އިޓަލީ ،ޗައިނާ އަށް . މިޒަމާނަކީ އޮންލައިންކޮށް މީޓިންތަކާއި ބޮޑެތި ކޮންފަރެންސް ބައްވާ ޒަމާން.. ހަރަދުގެ ވާހަކަ ދައްކަން ސަރުކާރުގެ އިސްވެރިން ލަދުގަންނަން ޖެހޭ ..
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް