ދުނިޔޭގެ އެންމެ ރީތި ރެސްޓޯރެންޓްތަކުގެ ތެރޭގައި ހިމެނުނު ރާއްޖޭގެ ވައްބިންފަރުގެ 'މަޑި ހިޔާ' ރެސްޓޯރެންޓް

ޓޫރިޒަމް

ވައްބިންފަރުގެ ޗާލު 'މަޑި ހިޔާ' ރެސްޓޯރެންޓް ދުނިޔޭގެ ސަމާލުކަމަށް

ދުނިޔޭގެ އެންމެ ރީތި ރެސްޓޯރެންޓްތަކުގެ އެވޯޑަށް ވާދަކުރާ 16 ރެސްޓޯރެންޓްގެ ތެރޭގައި ޖަޕާންގެ ކެއުންތަކަށް ހާއްސަ 'މަޑި ހިޔާ' ވަނީ ހިމެނިފައި
17 ޖުލައި 2024
1

އަހަރެމެންނަށް މި ގައުމުގެ ރީތި ރިސޯޓްތަކުގެ އަސްލު ޗާލުކަން ވަޒަންކުރެވޭ ހެއްޔެވެ؟ ހަމަ ލޮލުން އެތަންތަން ނުފެންނާތީ ނުކުރެވިދާނެ އެވެ. އެކަމަކު ރާއްޖޭގެ ޓޫރިޒަމްގެ ރީތި އުފެއްދުންތައް އެ ދަނީ ދުނިޔޭގެ ސަމާލުކަން ހޯދަމުންނެވެ. އެންމެ ފަހުގެ މިސާލަކީ ވައްބިންފަރުގައި ހަދާފައި އެ ހުރި ޗާލު ރެސްޓޯރެންޓް 'މަޑި ހިޔާ' އެވެ.

ހަމައެކަނި އޮނު ބޭނުންކޮށްގެން ހެދި މި ރެސްޓޯރެންޓް ޑިޒަައިންކޮށްފައި ވަނީ މަޑިއެއްގެ ބައްޓަމަށެވެ. މަތިން ފެންނަ އިރު މަޑިއެއްގެ އެ ސިފަ ފެންނަނީ އަޖައިބެއް ފަދަ ރީތި ގޮތަކަށެވެ. ހުދު ދޮންވެލިގަނޑާއި ސާފު މޫދުގެ ކުލަތަކުން ރެސްޓޯރެންޓަށް ހިތްދަމައިގަނެ އެވެ.

މަޑި ހިޔާ ޑިޒައިންކޮށްފައި ވަނީ އިރު އޮއްސޭ އިރުގެ ރީތިކަން ފެންނަ ގޮތަށް

ޔުނެސްކޯއާ ގުޅިގެން ދުނިޔޭގެ އާކިޓެކްޗާގެ ދާއިރާގައި ދޭ ޕްރީ ވާސެއި އެވޯޑްގައި ރެސްޓޯރެންޓްގެ ބައިން ހޮވާލެވުނު އެންމެ ރީތި 16 ރެސްޓޯރެންޓްގެ ތެރޭގައި 'މަޑި ހިޔާ' ވަނީ ހިމެނިފަ އެވެ. މި އެވޯޑްގައި ތިން ބަޔަކުން ވަނަ ހޮވާނެ އެވެ. އެވޯޑް ދިނުން އޮންނާނީ ނޮވެމްބަރު މަހު ޔުނެސްކޯގެ މައި އޮފީހުގަ އެވެ.

ހުސް އޮނު ބޭނުންކޮށްގެން މަޑިއެއްގެ ބައްޓަމަށް ހަދާފައި ހުރި ރެސްޓޯރެންޓް ވަރަށް ފުރިހަމަ

'މަޑި ހިޔާ'އަކީ ވައްބިންފަރުގައި ކުރިން ހުރި ރެސްޓޯރެންޓް ބާވެގެން އަލަށް ހެދި ތަނެކެވެ. ރެސްޓޯރެންޓްގެ ކޮޅުގައި ސްވިމިން ޕޫލް އޮވެ އެވެ. އިރު އޮއްސޭ މަންޒަރުގެ ހިތްގައިމުކަން ހޯދައިގަނެވެ އެވެ.

ކާން ތިބޭ އިރު މުޅިން ތަފާތު އިހުސާސްތަކެއް ކުރެވޭ ވަރަށް ރެސްޓޯރެންޓް ރީތި

މި ރެސްޓޯރެންޓުން ލިބޭ ޖަޕާންގެ ކެއުން ތައްޔާރުކޮށްފައި ހުންނަނީ ދިވެހި ބައެއް ރަހަތައް ވެސް ލައިގެންނެވެ. އެހެންކަމުން ރެސްޓޯރެންޓްގެ ތަފާތު ރީތިކަމާ އެއްވަރަށް ރާއްޖޭގެ ރަހަތަކުގެ ތަޖުރިބާ ވެސް ގެސްޓުންނަށް ގެނެސްދެ އެވެ.

ކޮމެންޓް (1)

ލޭޑީސް އެންޑް ޑެންޓަލް ޕޭސްޓް

17 ޖުލައި 2024
އެ ރިކޯޑުވެސް މިއޮތީ ޑރ. މުއިއްޒުގެ މިސަރުކާރުގަ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް