ޝަރީފް (މ).

ޓޫރިޒަމް

ބޮލިފުށި ރިސޯޓުގެ ވެރިޔާ ޝަރީފް އަވަހާރަވެއްޖެ

ޝަރީފް، ހ. މިރިހި، އަވާހަރަވީ އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް
14 ޖުލައި 2024
1

ރާއްޖޭގެ އެންމެ މަގުބޫލު އެއް ރިސޯޓް ކަމަށްވާ އޯޒެން ރިޒާވް ބޮލިފުށި ކުއްޔަށް ނަންގަވާފައިވާ ފަރާތް ކަމަށްވާ ހުސައިން ޝަރީފް (ބޮލިފުށި ޝަރީފް) މިއަދު އަވަހާރަވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޝަރީފް، ހ. މިރިހި، އަވާހަރަވީ އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ނަމަވެސް، އޭނާގެ އުމުރާއި ބަލިހާލަތާ ގުޅޭ އިތުރު މައުލޫމާތެއް އަދި ސާފެއް ނުވެ އެވެ.

ތަފްސީލް - ޝަރީފަކީ ކ. ބޮލިފުށި ކުއްޔަށް ނަގާފައިވާ ގޭޓްވޭ މޯލްޑިވްސް ކުންފުނީގެ މައި ހިއްސާދާރެވެ. އެ ކުންފުނި އުފައްދާފައި ވަނީ 1994ގަ އެވެ.

ކޮވިޑުގެ ކުރިން އެ ރިސޯޓް ހިންގީ ޔޫއޭއީގެ ޖުމެއިރާ ކުންފުނިންނެވެ. އޭގެ ފަހުން، އެ ރިސޯޓް މިހާރު ހިންގަމުން އަންނަނީ، ރާއްޖޭގައި މިހާރު ވެސް ނުވަ ރިސޯޓް ހިންގާ އަދި އިންޑިއާ އާއި ލަންކާ ފަދަ ގައުމުތަކަށް ވިޔަފާރި ފުޅާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އެޓްމޮސްފިއާ ކޯ ކުންފުނިންނެވެ.

ބޮލިފުށީގެ އިތުރުން ވެސް ޝަރީފް ވަނީ ޓޫރިޒަމްގެ އެކި ވިޔަފާރިތަކުގައި ހަރަކާތްތެރިވެވަޑައިގެންފަ އެވެ.

ޝަރީފަކީ ރާއްޖޭގެ މައި ވައިގެބަނދަރު ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދުގެ ބޭބެ އެވެ.

ކޮމެންޓް (1)

އައްޔަ

15 ޖުލައި 2024
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް