ރާއްޖެ-އެމެރިކާގެ ޓްރޭޑް އެންޑް އިންވެސްޓްމަންޓް ފްރޭމްވޯކް އެގްރީމަންޓް (ޓީއައިއެފްއޭ) ކައުންސިލުގެ ތިންވަނަ ބައްދަލުވުމުގެ ތެރެއިން

ރާއްޖެ-އެމެރިކާގެ ޓްރޭޑް އެންޑް އިންވެސްޓްމަންޓް ކައުންސިލްގެ ތިންވަނަ ބައްދަލުވުން ބާއްވައިފި

މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ރައީސް މުހައްމަދު މުއިއްޒުގެ އިގްތިސޯދީ ތަސައްވުރު ހުށަހަޅައި އެމެރިކާ ސަރުކާރުގެ އެއްބާރުލުމަށް އެދުނު

ރާއްޖެ-އެމެރިކާގެ ޓްރޭޑް އެންޑް އިންވެސްޓްމަންޓް ފްރޭމްވޯކް އެގްރީމަންޓް (ޓީއައިއެފްއޭ) ކައުންސިލުގެ ތިންވަނަ ބައްދަލުވުން އެމެރިކާގައި މިއަދު ބާއްވައިފި އެވެ.

އެމެރިކާގެ ވެރިރަށް ވޮޝިންޓަންގައި ބޭއްވި މި ބައްދަލުވުމުގައި ކޯ-ޗެއާއެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައިވެރިވެވަޑައިގެންނެވި އެވެ. އެމެރިކާއިން ދެކުނު އަދި ސެންޓަރަލް އޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ޔުނިއިޓެޑް ސްޓޭޓްސް ޓްރޭޑް ރެޕްރެޒެންޓޭޓިވް އެސިސްޓެންޓް، ބްރެންޑަން ލިންޗް ވެސް ބައިވެރިވެ ވަޑައިގަތެވެ.

ތަފްސީލް - ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުވުމުގައި:

  • ދެ ގައުމުގެ ކުރިއެރުމަށް އިގްތިސޯދީ ގުޅުމާއި ވިޔަފާރި އާއި އިންވެސްޓްމަންޓް ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރި

  •  ރާއްޖޭގެ ފަރާތުން ރައީސް މުހައްމަދު މުއިއްޒުގެ އިގްތިސޯދީ ތަސައްވުރު ހުށަހަޅައި އެމެރިކާގެ އެއްބާރުލުމަށް އެދުނު 

  • ބައިނަލްއަގުވާމީ ކޮމާޝަލް ޕްލެޓްފޯމްތަކާއި ޕޭމަންޓް ސިސްޓަމް ސޮލިއުޝަންތަކުގެ ފައިދާ ހޯދުމަށް ޑިޖިޓަލް ކޮންޓެންޓް ކްރިއޭޓަރުންނާއި އާޓިސްޓުންނާއި ވިޔަފާރިވެރިންނަށް ވެދެވޭނެ އެހީތެރިކަމަށް އަލިއަޅުވާލާފައިވޭ 

  • މަސައްކަތްތެރިންގެ ހައްގުތަކާއި ޑިޖިޓަލް ވިޔަފާރި އާއި ތިމާވެށީގެ ދާއިރާއިން ދެމެހެއްޓެނިވި ގޮތެއްގައި އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކުރި

ގުޅުންހުރި - ސައީދު އެމެރިކާ އަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އެމެރިކާގެ ޗެމްބާ އޮފް ކޮމާސްގެ އޮފިޝަލުންނާ އެކު ވަށް މޭޒު މަޝްވަރާ ބައްދަލުވުމެއްގައި މީގެ ކުރިން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. އަދި އެމެރިކާގެ ސްޓޭޓު ޑިޕާޓުމެންޓުގެ ބިޔުރޯ އޮޮފް އިކޮނޮމިކް އެންޑް ބިޒްނަސް އެފެއާޒްގެ ކޮމާޝަލް އެންޑް ބިޒްނަސް އެފެއާޒްގެ ހާއްސަ މަންދޫބާ ވެސް ވަނީ ބައްދަލު ކުރައްވައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް