ތިލަމާލެ ބްރިޖްގެ ދެ ތަނބު ގުޅުވާލުމަށް އަޅާ ޕްރީކާސްޓް ސެގްމަންޓުގެ ފުރަތަމަ ސެގްމަންޓު މިއަދު ވިލިމާލޭ ކޮޅުން ފެށުން. (ފޮޓޯ/ ކޮންސްޓްރަކްޝަން މިނިސްޓްރީ)

ވިލިމާލެ ބްރިޖު

ތިލަމާލެ ބްރިޖުގެ %40 މަަސައްކަތް ނިމިއްޖެ

ތިލަމާލެ ބްރިޖުގެ އެއް ތަނބު އަނެއް ތަނބާ ގުޅުވާލަން އަޅާ ޕްރީ ކާސްޓް ސެގްމަންޓުގެ ފުރަތަމަ ސެގްމަންޓު އަޅައި ތަނބުތައް ގުޅުވާލުމުގެ މަސައްކަތް ވަނީ ފަށާފައި
11 ޖުލައި 2024

މާލެ އިން ފެށިގެން ތިލަފުއްޓާ ހަމައަށް ގުޅާލުމަށް އަޅާ ބްރިޖުގެ %40 ނިމިފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޮއާމް އިބްރާހީމް މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތިމަލާލެ ބްރިޖުގެ %40.47 މަސައްކަތް ނިމިފައިވާ ކަމަށެވެ.

ތަފްސީލް - އޭނާ ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ނިމިފައި އޮތީ ބްރިޖުގެ %29 އެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނި ގޮތުގައި:

  • ބްރިޖުގެ އެއް ތަނބު އަނެއް ތަނބާ ގުޅުވާލަން އަޅާ ޕްރީ ކާސްޓް ސެގްމަންޓުގެ ފުރަތަމަ ސެގްމަންޓު އަޅައި ތަނބުތައް ގުޅުވާލުމުގެ މަސައްކަތް ވަނީ ފަށާފައި

  • އެމަސައްކަތް ފެށީ ވިލިމާލެއާ ދިމާލުން

އެނގުން މުހިންމު - ކޮންސްޓްރަކްޝަން މިނިސްޓްރީން ކުރިން ބުނީ 2026ގެ ސެޕްޓެމްބަރުގެ ނިޔަލަށް ބްރިޖްގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

ތިލަމާލެ ބްރިޖުގެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނަކުން ހިންގާ މަޝްރޫއެކެވެ. އެ މަސައްކަތް ކުރިއަށް ގެންދަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ.

  • ކުރީ ސަރުކާރުގައި އެ މަސައްކަތް ކުރިއަށް ދިޔައީ ތާވަލަށް ވުުރެ ލަސްކޮށް

ތިލަމާލެ ބްރިޖުގެ މުހިންމު ތަފާސްހިސާބުތައް:

  • އަގު: 500 މިލިއަން ޑޮލަރު (6.2 ބިލިއަން ރުފިޔާ)

  • 100 މިލިއަން ޑޮލަރު (1.55 ބިލިއަން ރުފިޔާ) އަކީ އިންޑިއާގެ ހިލޭ އެހީ

  • ބްރިޖުގެ މަސައްކަތުގައި ތުރުކީ، ޖަރުމަން އަދި އޮސްޓްރޭލިޔާގެ މާހިރުން ވެސް ބައިވެރިވޭ

  • މަޝްރޫއުއަށް ލޯނު ދިނީ އިންޑިއާގެ އެގްޒިމް ބޭންކުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް