ދަރުމަވަންތަ ހޮސްޕިޓަލް (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ސިއްހަތު

މާލެ ސަރަހައްދާއި ބައެއް އަތޮޅުތަކުގައި ލޮލުރޯގާ އާއި ފާނަބަސަންދު ފެތުރެނީ

ހޭންޑް ފުޓް އެންޑް މައުތު ބަލި ވެސް ދަނީ ފެތުރެމުން
11 ޖުލައި 2024

މާލެ ސަރަހައްދާއި ބައެއް އަތޮޅުތަކުގައި ލޮލުރޯގާ އާއި ފާނަބަސަންދު ބާރަށް ފެތުރެމުން އެބަދެ އެވެ. އަދި ހޭންޑް ފުޓް އެންޑް މައުތު ބަލީގެ ބައެއް ކޭސްތައް ވެސް ވަނީ ފެނިފަ އެވެ.

ތަފްސީލް - ހެލްތު މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހުގެ 23 އިން މި މަހު 6އަށް:

  • ލޮލުރޯގާ - 744 ކޭސް؛ އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މާލެ ސަރަހައްދު، ލ. އަދި ފުވައްމުލަކުން

  • ފާނަބަސަންދު - 201 ކޭސް؛ އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މާލެ ސަރަހައްދު، ޅ. އަދި އައްޑޫ އިން

  • ހޭންޑް ފުޓް އެންޑް މައުތު ބަލި - 46 ކޭސް؛ އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މާލެ ސަރަހައްދާއި އދ. އަތޮޅުން

ގުޅުންހުރި - ހިރިޔާ ސްކޫލްގައި ފާނަބަސަންދު ފެތުރެމުންދާ ކަމަށް ސޯޝަލް މީޑީއާގައި ދަނީ ވާހަކަ ދެކެވެމުންނެވެ. ނަމަވެސް ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ދިޔާނާ އަހުމަދު ދީދީ ވަނީ އެ ވާހަކަ ދޮގުކުރައްވައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް