ޖަލްސާއެއްގައި ޝަހީމް ވާހަކަ ދައްކަވަނީ: އޭނާގެ ދަރިފުޅަށް މެލޭޝިޔާ އެމްބަސީން ވަނީ ވަޒީފާއެއް ދޭން ނިންމާފައި (ފޮޓޯ/ރައީސް އޮފީސް)

އާއިލާ މީހަކަށް ވަޒީފާ ހޯދައިދޭން މަގާމުގެ ނުފޫޒު ބޭނުންކޮށްފައެއް ނުވާނެ: ޝަހީމް

ސޯޝަލް މީޑިއާގައި ދައުރުވާ ޕޯސްޓުތަކުން ފެންނަ ގޮތުގައި ޝަހީމްގެ ދަރިފުޅު މާހިލް ޝަހީމަށް ވަޒީފާ ދިނީ މެލޭޝިޔާގެ އެމްބަސީން
10 ޖުލައި 2024
9

ދަރިފުޅަކަށް އަދި އާއިލާ މީހަކަށް ސަރުކާރުން ވަޒީފާ ހޯދައިދޭން މަގާމުގެ ނުފޫޒު ބޭނުންކޮށްފައި ނޯންނާނޭ ކަމަށް ވިދާޅުވެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އޭނާއަށް ކުރާ ތުހުމަތުތަކަށް ރައްދު ދެއްވައިފި އެވެ. 

ވީ ކިހިނެއް؟ - ޝަހީމްގެ ދަރިފުޅު މާހިލް ޝަހީމްއަށް މެލޭޝިޔާ ހައި ކޮމިޝަނުން ވަޒީފާއެއް އަދި ޝަހީމްގެ ކޮއްކޮ އަހުމަދު ޝިފާޒަށް ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ދީފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޝަހީމަށް އަންނަނީ ފާޑުކިޔަމުންނެވެ. 

ތަފްސީލް - އެކަމާ ގުޅޭ ގޮތުން ޝަހީމް އޭނާގެ ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ދަރިޔަކު ނުވަތަ އާއިލާގެ މެންބަރަކު ކިޔަވައިގެން ހުރި ދާއިރާއަކުން ހިދުމަތްކުރަން އެމީހަކަށް ލިބޭ ފުުރުސަތަކީ އޭނާ ނާޖާއިޒު ގޮތުގައި ހޯދައިދެއްވާނެ ފުރުސަތެއް ނޫން ކަމަށެވެ. 

"ދައުލަތުގެ މުދަލާއި މަގާމާއި ފައިސާ ނާޖާއިޒު ގޮތުގައި ބޭނުން ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،" ފާޑުކިޔުންތަކާ ގުޅިގެން ޝަހީމް ފޭސްބުކުގައި ލިޔުއްވި އެވެ.

ކޮމެންޓް (9)

ނާރިނގު

11 ޖުލައި 2024
ތިވަޒީފާތަކަކީ މީހާގެ ގާބިލުކަމުން ނޫނީ ކިޔަވައިގެންހުރި އެއްޗެއްގެ ސަބަބުން ލިބޭ ވަޒީފާތަކެއްނޫންކަން ތިވަރަށް ކިޔަވައިގެން ހުރި މީހަކަށް ނޭނގުނީމާ ތިމާގެ ގާބިލުކަމާމެދު ސުވާލުއުފެދޭ. އާންމުކޮށް އިއުލާނުކޮށްފަ އޮންނަ ވަޒާފާއަކަށް ވާދަކޮށްގެ ވަޒީފާ ލިބުނުނަމަ ތިހެން ބުނެވިދާނެ.
2 0

ސަހޫ

10 ޖުލައި 2024
މަހީކުރީ ދަރިފުޅު ވަޒީފާއެއްލިބޭތޯ ދުޢާކުރުމުން އިރާދަ ކުރެއްވި ވަޒީފާއެކޭ ބުނާނެ ކަމަށް. އެހެން ނަމަވެސް މަނިކުފާނުގެ އުނިކަމެއް ހުރިކަން މިހާރު މި އެނގުނީ
2 0

މިނިސްޓަރ

10 ޖުލައި 2024
މެލޭޝިޔާގެ އެމްބަސީގަ މިނިސްޓަރ ކައުންސެލް އަކަށް އަދުރޭގެ އަންހެން ދަރިފުޅު...... މައުމޫނު ނަންވާނީ
3 2

ތެފައާސާ.

10 ޖުލައި 2024
ރަސޫލާ (ސ.އ.ވ) ގެ ހަދީޘެއްގައި އޮންނަ ގޮތަށް، ޝެއިޚް ޝަހީމް ނުފޫޒު ގަދަ މިނިސްޓަރ އެއްގެ ބަދަލުގައި އަމިއްލަ ގޭގައި އާދައިގެ މީހެއްގެ ގޮތުގައި އިންނެވިނަމަ ދަރިކަލުންނަށް ތިވަރުގެ ބޮޑު ސިންގާ މަގާމެއް ލިބިލެއްވީސްތޯ؟ ބަލަންޖެހޭ މިންގަނޑަކީ މިއީ ނޫންތޯ؟
12 1

އަޅުގަނޑު

10 ޖުލައި 2024
- ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވިއްޖެތޯއެވެ. - ޙައްޖުގެ ކަންކަން މިއިން ޒަމާނަކު ނުކުރާހާ ގޯސްކޮށް ކޮށްފިއެވެ. - ސައުދީން ޙައްޖު ކޯޓާ އިތުރުވެސް ނުކޮށްދިނެވެ. - ސައުދީން ލިބުނު ފައިސާގެ އެހީއެއް ނެތެވެ. - ސައުދީ ކަދުރު ޝިޕްމަންޓުން ކުރީ ކީއްކަންވެސް އެނގޭމީހަކު ނެތެވެ. ރޯދަ ނިމުމުން އެބަހަންއުޅޭ ކަމަށް އަޑުއެހީމެވެ. ވީމާ ތިއީވެސް ބޭކާރު މަޤާމެއްގައިހުރި މީހެއްކަމަށް އަޅުގަނޑަށް ޤަބޫލުކުރެވިއްޖެއެވެ.
8 2

ސިކުނޑި

10 ޖުލައި 2024
އޭމިހިރަ ދިދަޔާއެވެ! އަބްދުއްރަހީމުވެސް ބުނީ ހަމަ މިފަދައިންނެވެ! ސިޔާސީ މީހުން ހަދާނެ އެއްޗެއްހަދާފައި ފަސް އަހަރުކޮށްފައި ދާއިރު ތިބާ ތި ހުންނަނީ ވިހުރިލަ ވިހުރަލެއެވެ.
7 2

ޱރ. ބުނަންތަ

10 ޖުލައި 2024
ޑޮކްރަށްވެސް އެނގޭނެ މިޤައުމުގަ ތިޔަބުނާ މީހުނަށްވުރެ ގާބިލު އެތައްބައަކު ތިއްބާ އެބުނާ ދެމީހަކަށް ވަޒީފާ ލިބުނީ ޑރ ގެ ނުފޫޒުންކަން. އެހެންނޫނަސް ޑރ ތިޔައީ ވަރަށްރަންގަޅައް ވެހޭތާ ފެންނަގަން ދަންނަ ބޭފުޅެއް. ދުވަހެއް ދުވަހަކަށް ތިޔަދަނީ ރައްޔިތުންގެ ލޯބިން މަހުރޫމް ވަމުން.
7 1

ސަނައްޓޭ

10 ޖުލައި 2024
ނުވިހާ ދަރިއަށްވެސް އެނގޭ އެމްބަސީތަކުގެ މަގާމަކީ ނުފޫޒުން ލިބޭ މަގާމުތަކެއްކަން
6 1

ދާއޫދު

10 ޖުލައި 2024
މި ޚަބަރުގެ ސުރުޚީ ވަރުގަދަ ކަމުން ހިތަށްއެރި މީގެން ކަމެއް ސާފުވާނެކަމަށް ، އަދި ޑރ.ޝަހީމް "މަޤާމްގެ ނަޖާއިޒު ފައިދާ" ނުނަގާކަމަށް ވިދާޅުވި ވާހަކަފުޅަށް ކޮންމެވެސް ވަރެއްގެ ތަހްޤީޤީ މައުލޫމާތު ކޮޅެއް ލިބޭނެކަމަށް، އެކަމަކު މިއިން އެއްވެސް ކަމެއް މި ޚަބަރުގައި ނޫސްވެރިޔާ ބުނެދޭން މަސައްކަތްކޮށްފައެއް ނެތް. މިފަދަ ނަންމަޝްހޫރު ބޮޑެރި ނޫސްތަކުގެ ނޫސްވެރިން މިހާ ފަރުވާ ކުޑަކޮށް މިޒިންމާ އަދާކުރާއިރު އަދި ކުދި ނޫސްތަކުގެ ހާލަކީ ކޮބައިބާއޭ ހިތަށް އަރާ ، ޚަބަރުތައް ކަވަރ ކުރުމުގައި މިއަށްވުރެ ޒިންމާދާރު ވާން ޖެހޭ ކަމަށް އަޅުގަނޑު ދެކެން.
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް