ޕީއެންއެފްއިން މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ޝައްކެއް ވެސް ނެތް، މިއީ އިދިކޮޅު ޕާޓީ: ޔާމީން

ޔާމީން ވިދާޅުވި ގޮތުގައި ސަރުކާރާ އިދިކޮޅުގައި އޮވެ އެމްޑީޕީއިން އެއްވެސް މަސައްކަތެއް ކުރާ ތަނެއް ނުފެނޭ. އޭގެ ބަދަލުގައި ސަރުކާރުން ހުށަހަޅާ، ރައްޔިތުންނަށް ގެއްލުންވާ އަދި ރާއްޖޭގެ އިގްތިސާދު ފަނާކޮށްލާ ފަދަ ކަންކަމަށް ވެސް އެމްޑީޕީއިން ތާއީދު ކުރާ ކަމަށް ޔާމީން ވިދާޅުވި

މިހާރު އިދިކޮޅު މައި ޕާޓީއަކީ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޕީއެންއެފްއިން މިރޭ ބޭއްވި ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވަނީ މި ސަރުކާރާއި އެމްޑީޕީއަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ބުނީ ކީކޭ؟ - "ހަމަ ޝައްކެއް ވެސް ނެތް، މިއީ އިދިކޮޅު ޕާޓީ،" ޕީއެންއެފްގައި އިސްކޮށް ހަރަކާތްތެރިވާ، ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ދެއްކެވި ވާހަކައަކާ ގުޅުވައިގެން ޔާމީން ވިދާޅުވި އެވެ.

އެހެން ވިދާޅުވި ސަބަބަކީ، ޔާމީން ވިދާޅުވި ގޮތުގައި، އެމްޑީޕީއިން ވަކާލާތު ކުރާ ކަންކަމާ ހިލާފަށް އެ ޕާޓީން މަސައްކަތް ކުރާތީ އެވެ.

ޔާމީން ވިދާޅުވީ، އެންމެ ވަރުގަދަ ޕާޓީއަކީ އަދި ރައްޔިތުންގެ ހައްގުތަކުގެ ވާހަކަ އެންމެ ގަދައަށް ދައްކާ ކަމަށް އެމްޑީޕީއިން ވަކާލާތު ކުރި ނަމަވެސް، ކޮންމެ ފަހަރަކު ވެސް ވެރިކަން ލިބުމުން ބަހާއި އަމަލާ ދިމާނުވާ ކަމަށެވެ.

ޕީއެންއެފްގެ 'ފްރަންޓް އޮފީސް' ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން. (ދައުރު ފޮޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ތަފްސީލު - ޔާމީންގެ ވާހަކައިގައި ސިފަކުރެއްވީ، އެމްޑީޕީ މިހާރު އެއްވެސް އުރަތްޕެއް ނެތް، "ހުސްވެފައި އޮތް ފޯސްއެއް"ގެ ގޮތުގަ އެވެ.

"އެއްވެސް ކަމެއް ކުރާ ތަނެއް ނުފެނޭ. އެންމެ ފަހުން މި ފެނުނީ ރައީސުލްޖުމްހޫރިއްޔާ، ހަރަދު ކުޑަކުރުމުގެ ގޮތުން ދިވެހިން ފަނާކޮށްލާ ވަރުގެ، މުޅި ދިވެހި އިގްތިސާދު ސުންނާފަތިވެގެންދާ ފަދަ ކަންކަން ކުރީމަ، ތިމަންނާމެން [އެމްޑީޕީއިން] އެއަށް ތާއީދު ކުރަމޭ [ބުނި ތަން]،" ޔާމީން ވިދާޅުވި އެވެ.

"އެހެންތާ ވާނީ؟ މީހަކު ގޯހެއް ހަދައިގެން ރައްޔިތުންގެ ތާއީދު ގެއްލޭ ކަމަށް ވާނަމަ، އެ މީހުން [އެމްޑީޕީއިން] ތިބޭނެ އެއަށް ތާއީދު ކުރަން."

އިތުރު އާޓިކަލް

އިތުރު އާޓިކަލް