ރައްޔިތުންގެ މަޖިލީޙުގެ ޖަލްސާއެއްގައި މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)
އެމްްއެމްއޭގެ ގަވަރުނަރު ޒިންމާއަދާ ނުކުރާކަމަށް ނާޒިމް ތުހުމަތު ކުރައްވައިފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް ޒިންމާ އަދާނުކުރައްވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް ތުހުމަތުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ނާޒިމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ހުށަހަޅުއްވާފައިވާ ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލަށް ބަހުސްކުރައްވަމުންނެވެ.
ތަފްސީލް - ނާޒިމް ވިދާޅުވީ ދައުލަތުގެ ހަރަދުކުޑަކުރަން ދައުލަތުގެ މާލީ ސިޔާސަތު ކޮންޓްރޯލްކުރަން ޖެހޭ ކަަމަށެވެ.
"މަނިޓަރީ ޕޮލިސީއަކީ ދިވެހި ދައުލަތުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތެއް، އަޅުގަނޑުމެންނަކަށް ފެންނަމުންނެއް ނުދޭ ގަވަރުނަރު އެ މަސްއޫލިއްޔަތުއަދާކުރައްވާތީ އެއް،" ނާޒިމް ވިދާޅުވި އެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން މިވީ 7 މަސްދުވަހުގެ ތެރޭގައި ސަރުކާރަށް އަދި މަޖިލީހަށް ވެސް ގަވަރުނަރުގެ އެއްވެސް ލަފައެއް ނުލިބޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.
އޭގެ އިތުުރުން ފިސްކަލް ޒިންމާއަށް ދައުލަތުން ޒިންމާވުމުގެ ބާރު ދައުލަތަށް ނެތް ބައެއް ހާލަތްތައް ގާނޫނުތަކުން ވުޖޫދުކުރެވިފައިވާކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. އެގޮތުން:
-
ލޯކަލް ކައުންސިލްތަކުގެ ގާނޫނުގެ ދަށުން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން މާލީ ޒިންމާދާރުކަމެއްނެތި ކައުންސިލްތަކުން ބޭނުންކުރާ ކަމަށް
-
މިސާލެއްގެ ގޮތުން އަތޮޅު ކައުންސިލްތަކުން ބޭރު ގައުމުތަކަށް ކުރާ ދަތުރުތަކަށް ކުރާ ބޮޑެތި ހަރަދުތައް ފާހަގަކުރެއްވި
-
ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެން ނަމަވެސް ދައުލަތުގެ ވިސްނުމާއެއްގޮތަށް ކައުންސިލްތަކުގެ ވިސްނުން ވެސް ބަދަލުކުރަންޖެހޭ ކަމަށް
ނާޒިމް ވަނީ ހަރަދުކުޑަކުރަން ހުރިހާ މެންބަރުން މަސައްކަތްކުރަން ޖެހޭނެ ކަމަށާއި އެކަން ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ނަތީޖާ ނެރޭނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ކޮމެންޓް (1)
ބޮޱު ދިދަ