ކަސްޓަމްސްގެ އޮޕަރޭޝަނުގައި އަތުލައިގެންފައިވާ ސިނގިރޭޓުގެ އަދަދު 1.7 މިލިއަނަަށް އަރާ؛ މިތަކެތީގެ މާކެޓު ވެލިއުއަކީ 1.6 މިލިއަން ރުފިޔާ(ފޮޓޯ/ކަސްޓަމްސް)

ކަސްޓަމްސް

ވަގަށް ރާއްޖެ އެތެރެކުރި 1.6 މިލިއަން ރުފިޔާގެ ސިނގިރޭޓް އަތުލައިގެންފި

ކަސްޓަމްސްއިން ބުނިގޮތުގައި މިތަކެތީގެ އިންޕޯޓް ޑިއުޓީގެ ގޮތުގައި ގާތްގަނޑަކަށް 5.6 މިލިއަން ރުފިޔާ ދައުލަތަށް ދަށްކަންޖެހޭ

ކަސްޓަމްސްގެ އިޖުރާއަތްތައް ފުރިހަމަނުކޮށް ރާއްޖެއަށް ސިއްރުން ސިނގިރޭޓްތަކެއް އެތެރެކުރި ބަޔަކު ހައްޔަރުކޮށްފި އެވެ.

ވީ ކިހިނެއް؟ - ކަސްޓަމްސްއިން މިއަދު ބުނީ، އެތަކެތި އަތުލައިގެންފައިވަނީ، މިދިޔަ ހޯމަ ދުވަހު އަދި ބުދަ ދުވަހު ކޯޓު އަމުރެއްގެ ދަށުން، ހުޅުމާލޭގެ ޖުމްލަ ފަސް ތަނެއް ބަލައި ފާސްކުރުމަށް ހިންގި އޮޕަރޭޝަނުގައި ކަމަށެވެ.

ބުނީ ކީކޭ؟ - ކަސްޓަމްސްއިން ބުނީ:

  • އެ އޮޕަރޭޝަނުގައި ޖުމްލަ 173 ކާޓަން ނުވަތަ 1.7 މިލިއަން ސިނގިރޭޓް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔަ

  • އެތަކެތީގެ ލަފާކުރެވޭ މާކެޓު ވެލިއުއަކީ 1.6 މިލިއަން ރުފިޔާ

  • އެތަކެތީގެ އިންޕޯޓް ޑިއުޓީގެ ގޮތުގައި ގާތްގަނޑަކަށް 5.6 މިލިއަން ރުފިޔާ ދައުލަތަށް ދަށްކަންޖެހޭ

ކަސްޓަމްސްއިން ބުނީ، އެ އިދާރާގެ މަސައްކަތްތައް މިއަދު ބިނާކޮށްފައިވަނީ ދުރާލާ ލިބޭ އިންޓެލިޖެންސް މައުލޫމާތާއި ޓްރޭޑް ޕްރޮފައިލަށް ބިނާކޮށް ކަނޑައެޅޭ ރިއާޔަތްކޮށް މުދަލުގެ ލިޔެކިއުންތައް ނިންމުމާއި، މުދާ ބަލައި ފާސްކުރުމުގެ މައްޗަށް ކަމަށެވެ.

އެގޮތުން ކަސްޓަމްސްއިން ބުނި ގޮތުގައި:

  • ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތަކަކަށް ޝައްކުކުރެވޭ ހާލަތުގައި މުދާ ކުލިއާ ކުރުމުގެ ފުރުސަތު ދިނުމަށް ފަހު އެފަދަ އަމަލުތައް ހިންގާ ނެޓްވޯކްތައް ހޯދާ ވާސިލުވުމަށް ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންތައް ކުރިއަށް ގެންދެވޭ

  • މި އޮޕަރޭޝަންތަކުގައި މިފަދަ މުދާ ވައްދާ ތަންތަން ބަލައިފާސްކޮށް އެތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދެވޭ

  • އަދި އެފަދަ ފަރާތްތަކުގެ މައްސަލަތައް ބަލައި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅަމުން ގެންދާނެ

ކޮމެންޓް (2)

ށިހާމް

30 ޖޫން 2024
މާކެޓް ވެލިޔު އަކީ 1.6 މިލިއަން، އެކަމަކު ޑިޔުޓީއަށް 5.6 މިލިއަން ދައްކަން ޖެހޭ. މާކެޓް ވެލިޔު ބަލަނީ ޑިޔުޓީ ނުލާތަ؟ ގައިމު މާކެޓުން 1.7 މިލިއަން ސިނގިރޭޓް 1.6 މިލިއަންއަށް ގަންނާކަށް ނުލިބޭނެ!
1 0

ފޮރުވަނީ

29 ޖޫން 2024
ބައެއްކަހަލަ ޙަބަރުތަކުގަ ހާމަކުރުންތައް މިއޮންނަނީ ވަރަށްބޮޱައް ސެންސަރުކުރެވިފަ. ބަލަ ކޮންބައެއްހޭ ތިޔައެތެރެ ކުރީ ކިހިނެއްހޭ ނިޒާމް ފޫދުއްވާލީ އެބައިމީހުން.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް