ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ފުލުހުންނާއި އިމިގްރޭޝަނުން ކުރިއަށްގެންދާ އޮޕަރޭޝަންގައި ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރިވަނީ (ފޮޓޯ / ދައުުރު)
ގަވާއިދާ ހިލާފު ބިދޭސީން ހޯދަން މާރުކޭޓު ސަރަހައްދަށް
މާރުކޭޓުގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދާ ބިދޭސީން ހޯދަން އޮޕަރޭޝަނެއް މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގައި ގަވައިދާ ހިލާފަށް ބިދޭސީން އުޅޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން ސަރުކާރުން ވަނީ 'ކުރަނގި' ނަމުގައި ހާއްސަ އޮޕަރޭޝަނެއް ފަށާފަ އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި އޮޕަރޭޝަން އަންނަނީ ހިންގަމުންނެވެ.
ތަފްސީލް - ފުލުހުން މިއަދު ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ފުލުހުންނާއި އިމްގްރޭޝަން ގުޅިގެން އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށެވެ. އެނގިފައިވާ ގޮތުގައި، މާރުކޭޓު ސަރަހައްދުން ގިނަ އަދަދެއްގެ ބިދޭސީން ފުލުހުން ވަނީ ގެންގޮސްފަ އެވެ.
އެނގުން މުހިންމު - މިދިޔަ މަހުގެ 2ގައި ފެށި އެ އޮޕަރޭޝަންގެ ދަށުން އެތައް ސަތޭކަ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އާއި ފޮޓޯވަނީ ނަގާފަ އެވެ.
ހޯމްލޭންޑް ސެކިޔުރިޓީ މިނިސްޓްރީ އާއި ފުލުހުން އަދި އިމިގްރޭޝަން ގުޅިގެން ދެ ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދާ އޮޕަރޭޝަން ތިން އަހަރު ތެރޭ ނިންމާލެވޭނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އެގޮތުން:
-
ފުރަތަމަ އަހަރު ނިމޭއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބީ ކޮން ގައުމުތަކަކަށް ނިސްބަތްވާ ކިތައް ބިދޭސީންތޯ އަދި އެ މީހުން މިހާރު މަސައްކަތް ކުރަނީ ކާކު ސްޕޮންސާކޮށްގެންތޯ ނުވަތަ ކޮން ތާކުތޯ ދެނެގަންނާނެ
-
ދެން އަންނަ ދެ އަހަރު ތެރޭގައި، ރަސްމީ ލިޔެކިޔުން ނެތް މީހުންނަކީ ކޮން ބައެއްކަން ދެނެގަނެ، ބަޔޮމެޓްރިކްސް އައިޑެންޓިފިކޭޝަނާއި ފޮޓޯ އައިޑެންޓިޓީ ހަދާނެ
-
ސަރުކާރުގެ ނިޒާމުގެ ތެރޭގައި އޭނާގެ އެއްވެސް މައުލޫމާތެއް ނެތް ނަމަ އޭނާ ބުނާ ބަހަށް، އޭނާގެ ގައުމުގެ އެމްބަސީއާ ގުޅިގެން، އަސްލު ލިޔެކިޔުންތައް ހޯދައި އޭނާއަކީ ކާކުކަން ދެނެގަނެ ރާއްޖޭން އެ މީހަކު ފޮނުވާލާނެ
ކޮންމެ ރަށެއްގައި ތިބޭ ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމަށް ފަހު އެ މައުލޫމާތު ކައުންސިިލާ ވެސް ހިއްސާ ކުރާނެ ކަމަށް އޮޕަރޭޝަން ފެށި ދުވަހު އިހުސާން ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި ބިދޭސީންގެ މައުލޫމާތުގެ ކޮންޓްރޯލު މިނިސްޓްރީގެ އަތުން ގެއްލުނަނުދޭން ވެސް މަސައްކަތް ކުރާނެ އެވެ.
ކޮމެންޓް (3)
ޢަސްލު ހައްލު
މާރުކޭޓް އަލީ
ކަން އެނގިގެން ވާހަކަ ދައްކާ މީހެއް