ދަރުބާރުގެއާ އިންވެގެން އޮންނަ ހުސް ބިމުގައި ހުރި ރުއްގަސް ކަނޑައި، އެ ތަން ސާފުކުރުމުގެ މަސައްކަތުގައި މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން މިއަދު ހަވީރު ހަރަކާތްތެރިވަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ކަނޑާލީ މުސްކުޅި 7 ރުއް، ބަދަލުގައި ޒުވާން 15 ރުއް އިންދާނަން: އާޒިމް

ދަރުބާރުގެ ކައިރީގައި ހުރި ބައެއް ރުއްގަސް ކަނޑާލުމުން ބައެއް މީހުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައި. ނަމަވެސް އާޒިމް ވިދާޅުވި ގޮތުގައި މި މަސައްކަތުގެ އެއް ބޭނުމަކީ އެ ސަރަހައްދު ރީތިކޮށް، އާންމުންނަށް ހިތްފަސޭހަ ތަނަކަށް ހެދުން

ދަރުބާރުގެއާ އިންވެގެން އިރަށް އޮންނަ ހުސް ބިމުގައި ހުރި ދުވަސްވީ ރުއްގަސް ކަނޑައި އެ ސަރަހައްދު ސާފުކުރަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - މާލޭ ސިޓީ ކައުންސިިލުން އެ ރުއްގަސްތައް ކަނޑާފައި ހުރި މަންޒަރު ފެންނަ ވީޑިއޯއެއް މިއަދު ސޯޝަލް މީޑިއާގައި އާއްމުވެ، ބައެއް މީހުންގެ ފާޑުކިޔުން އެކަމަށް ވަނީ އަމާޒުވެފަ އެވެ.

އެއީ ފަނާކުރަނިވި އަމަލެއްގެ ގޮތުގައި ސިފަކޮށް، އެ މީހުން ބުނީ މިއީ ހުއްޓުވަން ޖެހޭ ކަމެއް ކަމަށެވެ.

ތަފްސީލް - މި ކަންބޮޑުވުންތަކާ ބެހޭގޮތުން މާލޭ މޭޔަރު އާދަމް އާޒިމް 'ދައުރު'އަށް ވިދާޅުވީ އެ ސަރަހައްދުން ކެނޑީ ވަރަށް މުސްކުޅި އަދި، އޭނާ ހަނދާންވާ ގޮތުގައި، ޖުމްލަ ހަތް ރުއް ކަމަށެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑުމެން މި އުޅެނީ އެ ތަނުގައި ތަރުތީބަކާ އެކު ރުއް ޖަހަން،" އާޒިމް ވިދާޅުވި އެވެ. "އަޅުގަނޑުމެން އަންނަ އާދީއްތަ ދުވަހު ހަވީރު 15، ޒުވާން ރުއް އިންދަން ފަށާނަން."

  • ދަރުބާރުގެއާ އިންވެގެން އޮންނަ ހުސް ބިމުގައި ހުރި ރުއްގަސް ކަނޑައި، އެ ތަން ސާފުކުރުމުގެ މަސައްކަތުގައި މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން މިއަދު ހަވީރު ހަރަކާތްތެރިވަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އެހާ ދިގު ރުއްތަކެއް އެހެން ތަނަކަށް ބަދަލުކުރުމަކީ، އާޒިމް ވިދާޅުވި ގޮތުގައި، ބޮޑު ހަރަދެއް ހިނގާ، ބުރަ މަސައްކަތެކެވެ. އަދި ގާނޫނުގައި އޮންނަ ގޮތުން، ހަތް ރުއް ކަނޑާލަން އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހަދަން ނުޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ.

އެނގުން މުހިއްމު - އާޒިމް ވިދާޅުވީ އެ ތަނުގައި އައުޓްޑޯ ޖިމަކާއި މީހުންނަށް އިށީނދެ ތިބެވޭ ކަހަލަ ތަނަކާއި ޕާކިން ޖާގަ އުފައްދަން ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

އެ ސަރަހައްދަކީ ސިނަމާލެ ބްރިޖަށް އަރާފައިބާއިރު ވެސް ފެންނަން އޮންނަ ތަނެއް ކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވި ގޮތުގައި މި މަސައްކަތުގެ މައިގަނޑު އެއް ބޭނުމަކީ އެ ސަރަހައްދު ރީތިކޮށް، އާންމުންނަށް ހިތްފަސޭހަ ތަނަކަށް ހެދުމެވެ.

"މި އުޅެނީ އެ ތަނުގެ ގޮނޑުކަން ފިލުވާލާފައި، މުޅި ތަން ރީތިކޮށްލަން،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް (1)

ދޯދޯ

28 ޖޫން 2024
އާރުލާ ރުއް ލަކޔޑިއަށް ވިއްކާލިނަމަ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް