ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު: މަސްތުވާތަކެއްޗާ ގުޅުން ހުރެގެން އެތައް ބަޔަކު އެއާޕޯޓު ތެރެއިން ހައްޔަރުކުރޭ

ޑްރަގް ލަގޭޖް ބޭރުކުރަން އުޅުން: އެމްއޭސީއެލްގެ މުވައްޒަފުން ދޫކޮށްލި މައްސަލަ އިސްތިއުނާފެއް ނުކުރި

ފުލުހުންގެ އިސް ވެރިޔަކު ވިދާޅުވީ މިކަހަލަ މައްސަލަތަކުގައި ހިމެނޭ މީހުން ދޫކޮށްލުމަކީ އެފަދަ އަމަލްތައް ހިންގަން ދެވޭ ހިތްވަރެއް ކަމަށް

ޑްރަގު ހުރި ލަގެޖެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަގަށް ބޭރުކުރަން އުޅުނު ކަމުގެ ތުހުމަތުގައި އެމްއޭސީއެލްގެ ދެ މުވައްޒަފަކު ހައްޔަރުކުރުމަށް ފަހު ދޫކޮށްލި މައްސަލަ އިސްތިއުނާފް ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ޑްރަގް ހުރި ލަގޭޖް ބޭރުކުރަން އުޅުނީ މިިދިޔަ މާޗު މަހުގެ މެދު ތެރޭގަ އެވެ. އެ މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ވެސް މިހާރު ވަނީ ޝަރުތުތަކާ އެކު ދޫކޮށްލައިފަ އެވެ. 

ތަފްސީލް - މި މައްސަލައާ ގުޅޭ ގޮތުން ޕީޖީ އޮފީހުގެ މީޑިއާ ކޯޑިނޭޓަރު އަހްމަދު ޝަފީއު 'ދައުރު'އަށް ވިދާޅުވީ އެ ދެ މީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފް ނުކުރަން ނިންމީ އެތަނުން އެކަކު ވަޒީފާއިން ވަކިކޮށްފައި ވާތީ އާއި އަނެކަކުގެ މައްޗަށް އެކަށީގެންވާ ވަރަށް ހެކި ނެތުމުން ކަމަށެވެ.

"އެތަނުން އެކަކު މިހާރު އެމްއޭސީއެލްގެ ވަޒީފާއިން ވަކިކޮށްފައި ވާތީ އެފަދަ އަމަލެއް ތަކުރާރުކުރުމުގެ ފުުރުސަތު ނެތް ކަމަށް ވާތީ އިސްތިއުނާފް ކުުރުމުގެ އިހްތިމާލް ނެތީމަ. ދެވަނަ މީހާގެ މައްޗަށް އެކަށީގެންވާ މިންވަރަށް ހެއްކެއް ނެތް،" ޝަފީއު ވިދާޅުވި އެވެ.

"ކޯޓުން އެގޮތަށް ނިންމީމަ ޕީޖީން ވެސް ހެކި ހުރި މިންވަރަށް ބެލިން. މިންގަނޑަށް ފެތޭ މިންވަރަށް ހެއްކެއް ނެތް." 

އެ މައްސަލައިގައި ހައްޔަރުކުރީ:

  • އަލީ ހުސައިން: މިހާރު ވަނީ އެމްއޭސީއެލްގެ ވަޒީފާއިން ވަކިކޮށްފައި

  • އަބްދުﷲ ރާމިޒު: އެކަށީގެންވާ މިންވަރަށް ހެތްކެއް ނެތް 

ދެ މީހުން ދޫކޮށްލުމުން ފުލުހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ފުލުހުންގެ އިސް އޮފިޝަލަކު، ނަން ނުޖަހާ ގޮތަށް، 'ދައުރު'އަށް ވިދާޅުވީ ތުހުމަތުކުރެވޭ މީހުން ދޫކޮށްލުމަކީ ތަހުގީގަށް ދިމާވި ބޮޑު ގޮންޖެހުމެއް ކަމަށެވެ. މިއީ މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ މީހުން ހުއްޓުވަން ދިމާވާ ގޮންޖެހުމެއްގެ އިތުރުން އެފަދަ ކުށްތައް ކުރާ މީހުންނަށް ދެވޭ ހިތްވަރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިފަދަ ކުށްތަކުގައި ބައިވެރިވާ މީހުންނަށް ފަސޭހައިން ދޫވާނެ ކަމުގެ ޔަގީންކަމެއް މި ލިބެނީ. މިއީ ނުބައި މެސެޖެއް މިފަދަ މައްސަލަތައް އިސްތިއުނާފް ނުކުރުމަަކީ،" އޮފިޝަލް ވިދާޅުވި އެވެ.

ޑްރަގް ހުރި ލަގޭޖް ބޭރުކުރަން އުޅުނު މައްސަލައާ ގުޅޭ ގޮތުން ފުލުހުން ކުރިން ބުނެފައިވަނީ:

  • މިދިޔަ 15 މާޗުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަގަށް ބޭރު ކުރަން އުޅުނު އެ ލަގެޖްގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އާއި މެތުގެ 4.5 ކިލޯއަށް ވުރެ ގިނަ ޑްރަގު ހުރި ކަމަށް

  • 'އުސޫލުން ބޭރުން' މި ލަގެޖު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބޭރުކުރަން އުޅުމުގެ މައްސަލާގައި އެމްއޭސީއެލްގެ ދެ މުވައްޒަފަކު ހައްޔަރުކުރި

  • އޭގެ އިތުރުން އެ ލަގެޖާ ހަވާލުވާން ދިޔަ މީހާ އާއި ޕާކިސްތާން މީހަކު ވެސް މި މައްސަަލާގައި ހައްޔަރުކުރި

  • އެ މުވައްޒަފުންގެ ބަންދާ މެދު ގޮތެއް ނިންމަން 7 އޭޕްރިލްގައި ކޯޓަށް ހާޒިރުކުރުމުން މައްސަލާގައި ހިމެނޭ އެންމެ އިސް މީހާ ކަމަށް ބެލެވޭ އެމްއޭސީއެލްގެ ސީނިއަ މުވައްޒަފު ދޫކޮށްލި

އިތުރު އާޓިކަލް

އިތުރު އާޓިކަލް