ހިޔާ ފްލެޓެއްގެ ކޮރިޑޯއެއް. ކުޑަކުއްޖާއަށް އަނިޔާކޮށްފައިވަނީ ލިފްޓު ކުރިމަތީގައި އޮންނަ ކޮރިޑޯ ތެރޭގައި. (ދައުރު ފޮޓޯ)

ހިޔާ ފްލެޓް ކޮރިޑޯއެއްގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލަ ތަހުގީގު ކުރަނީ

ކުއްޖާއަށް ބިރު ދައްކާ، އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވޭ

ހިޔާ ފްލެޓްގެ ކޮރިޑޯއެއް ތެރޭގައި ބަޔަކު ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ހިޔާ ފްލެޓެއްގެ ތެރޭގައި، ލިފްޓުތައް ކުރިމަތީ ކުޑަކުއްޖަކަށް އަނިޔާ ކުރާތަން ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ މިދިޔަ ހަފްތާގައި ދައުރުވެފަ އެވެ.

ތަފްސީލް - އެ ވީޑިއޯ އިން ފެންނަ ގޮތުގައި:

  • އެކަކު އެ ކުއްޖާއަށް ބިރު ދައްކާ، ކުއްޖާ ބިންމައްޗަށް ވައްޓާލާ ކޮޅުފައިން ތަޅާ ތަން ފެނޭ

  • އަނިޔާ ކުރުމަށް ފަހު، 15 މިނެޓު ތެރޭގައި ދުވެފައި ގެއަށްދާން އެ ކުއްޖާއަށް އަންގާ؛ އަދި ތަކުރާރުކޮށް 'ނައްޓާލަން' ބުނޭ

  • އެކުއްޖާއަށް އަނިޔާކުރިތަން ބަލަން ވެސް އެތަނުގައި ބަޔަކު ތިބި؛ ބެލެވޭ ގޮތުގައި ވީޑިއޯކޮށްފައިވަނީ އޭގެތެރެއިން އެކަކު

  • އަނިޔާ ލިބުނު ކުއްޖާ ރޯ އަޑު ވެސް ވީޑިއޯއަށް ވަނީ އަރާފައި

ފުލުހުންގެ ބަސް - އެ ވީޑިއޯ މިދިޔަ ބުދަ ދުވަހު ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ބުނެ ފުލުހުން ވަނީ މިއަދު މީޑިއާތަކަށް މެސެޖެއް ކޮށްފަ އެވެ.

ފުލުހުން ބުނި ގޮތުގައި، އެ މައްސަލަ ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ނަމަވެސް، ވީޑިއޯގެ މައްސަލަ ތަހުގީގު ކުރުމަށް މިހާތަނަށް ކުރި މަސައްކަތުން އެއީ ކޮން ބައެއްކަން ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. އެހެންކަމުން އެކަމުގައި ހިމެނެނީ ހަމައެކަނި ކުޑަކުދިން ކަމެއް ޔަގީނެއް ނުވެ އެވެ.

"ވީޑިއޯއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންނާ ހިއްސާކޮށްދެއްވުން އެދެން،" ފުލުހުން ބުންޏެވެ.

ކޮމެންޓް (3)

ސީސީޓީވީ

27 ޖޫން 2024
ކޮބާތަ ހުރިހާ ސީސީޓީވީ ތައް
1 0

އާދަނު123

27 ޖޫން 2024
ފުލުންނަށް ކަމެއްހޯދެނީ ރައްޔިތުންނަށް އާދޭސްކޮށްގެން ފުލުހުންނަށް އަމިއްލައަށް ކަމެއް ނުބެލޭ ކީކުރާބައެއްތީ، ބަލަ ތި ހިޔާފްލެޓަކީ ކެމެރާވެސް ހަރުކޮށްފަ ހުންނަތަނެއް
2 1

އެހީ

27 ޖޫން 2024
@އާދަނު123 ކަމަކައް އެދުމަކީ ގޯހެއް ނޫން
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް