މާލޭގެ މަގުމަތި. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު) ބޮޑުތަކުރުފާނު މަގު

މާފަންނު މަދަރުސާ ބިތްދޮށުގައި އޮންނަ މަގަށް 'ފަލަސްތީނު ހިނގުން' ކިޔަން ފާސްކޮށްފި

މިހާތަނަށް ނަމެއް ނުކިޔައި ބަންދުކޮށްފައި އޮތް އެ މަގު ހުޅުވުމުގެ މަސައްކަތް އަންނަނީ ކުރަމުން

މާފަންނު މަދަރުސާގެ ބިތްދޮށުގައި އޮންނަ މަގަށް 'ފަލަސްތީނު ހިނގުން' ކިޔަން މާލޭ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފި އެވެ.

ތަފްސީލް - އެ މަގަށް މީގެ ކުރިން ނަމެއް ކިޔާފައެއް ނުވެ އެވެ. އަދި އެ މަގު އޮންނަނީ ބަންދު ވެސް ކޮށްފަ އެވެ. ސިޓީ ކައުންސިލުން ބުނީ އެ މަގު ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފާހަގަކޮށްލެވޭ ކަމެެއް - އެ ނަން ކައުންސިލަށް ހުށަހެޅުއްވީ މޭޔަރު އާދަމް އާޒިމް އެވެ. އާޒިމް ވަނީ މާލޭގައި ނަން ނުކިޔާ ދެ މަގު އޮތް ކަމަށް ވިދާޅުވެފަ އެވެ.

މާލޭގެ މަގަކަށް 'ފަލަސްތީނު ހިނގުން' ކިޔަން އެންމެ ފުރަތަމަ ހުށައަޅާފައިވަނީ މިދިޔަ މަހު އެވެ.

ކައުންސިލްގެ ހުށަހެޅުމަށް ސޯޝަލް މީޑިއާގައި އޭރު އާންމުން ވެސް ތާއީދުކޮށް، ބައެއް މީހުން ވަނީ މިކަމުގައި އެ މީހުންގެ ހިޔާލު ހުރި ގޮތް ވެސް ހިއްސާކޮށްފަ އެވެ.

ބައެއް މީހުން ހިޔާލު ދިނީ މިހާރު ނަން ދީފައި ހުރި މަގުތަކުގެ ތެރެއިން މަގެއްގެ ނަން ބަދަލުކުރުމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް