އެންވަޔަރަމަންޓުގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް

ފުލުހުން

ސްޓޭޓް މިނިސްޓަރު ޝަމްނާޒް ހައްޔަރުކޮށްފި

އޭނާއާ އެކު ހައްޔަރުކުރި އިތުރު ދެ މީހަކު ހިމެނޭ ގޮތަށް މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނި

އެންވަޔަރަމަންޓުގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް ހައްޔަރުކޮށްފި އެވެެ.

ވީ ކިހިނެއް؟ - ފުލުހުން 'ދައުރު'އަށް ބުނި ގޮތުގައި، ޝަމްނާޒް މިދިޔަ އާދިއްތަ ދުވަހު ވަނީ ހައްޔަރުކޮށްފަ އެވެ.

އޭނާއާ އެކު ހައްޔަރުކުރި އިތުރު ދެ މީހަކު ހިމެނޭ ގޮތަށް މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ މައްސަަލައިގެ ތަފްސީލެއް ނުދެ އެވެ.

ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޝަމްނާޒް ހައްޔަރުކޮށްފައިވަނީ ސިހުރު ހެދުމުގެ ތުހުމަތުގަ އެވެ. ނަމަވެސް އޭގެ ތަފްސީލެއް އަދި ނުލިބެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ޝަމްނާޒް އެންވަޔަރަމަންޓްގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކުރުމުގެ ކުރިން އޭނާ ހުންނެވީ މާލޭ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރުގެ މަގާމުގަ އެވެ. އޭނާ ކައުންސިލަރުކަމުން އިސްތިއުފާ ދެއްވީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް ވަޑައިގަތުމަށެވެ.

ޝަމްނާޒަކީ ރައީސް އާއި އެމަނިކުފާނުގެ އަނބިކަނބަލުންނާ ވަަރަށް އަރިސް ބޭފުޅެއް ކަމަށްވާ، ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. ރަމީޒް ވެސް ކުރިން ހުންނެވީ މާލޭ ސިޓީ ކައުންސިލުގެ މެމްބަރު ކަމުގަ އެވެ.

ކޮމެންޓް (1)

ކޮސް

26 ޖޫން 2024
މިސަރުކާރުގެ ވެރިންގެ ތެރޭގައި މިކަހަލަ މީހުން ހާދަ ގިނައޭ ދޯ ؟
12 5

އިތުރު އާޓިކަލް

އިތުރު އާޓިކަލް