މި މަހު ކުރިއަށްދިޔަ މި އަހަރުގެ ހައްޖުގެ އަޅުކަމަށް ފަހު ހައްޖުވެރިން އެނބުރި ރާއްޖެ އައުން. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ އެންމެންގެ ވެކްސިން ފުރިހަމަ: ކުންފުނި

އެ ހުރިހާ ހާޖީން މެނިންޖައިޓިސް، ޕޯލިއޯ އަދި އިންފްލުއެންޒާ ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނި

މި އަހަރު މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖުގެ އަޅުކަން އަދާކުރަން ސައުދީ އަރަބިއްޔާއަށް ދަތުރުކުރި ހުރިހާ ހައްޖުވެރިން ވެސް ފުރުމުގެ ކުރިން ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަން އިން ބުނެފި އެވެ.

ތަފްސީލް - އެކަން ޔަގީންކޮށްދީ އެ ކޯޕަރޭޝަންގެ ފަރާތުން މިރޭ ނެރުނު ނޫސްބަޔާނުގައި ވާގޮތުން:

  • ހުރިހާ ހައްޖުވެރިން ވެސް ސައުދީގެ ހައްޖު މިނިސްޓްރީގެ ގައިޑްލައިންތަކާ އެއްގޮތަށް ވެކްސިންތައް ފުރިހަމަ ކުރި

  • އެގޮތުން ޕޯލިއޯ، މެނިންޖައިޓިސް އަދި އިންފްލުއެންޒާ ވެކްސިން ޖަހާފައިވޭ

ބުނީ ކީކޭ؟ - "ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަކީ މޯލްޑިވްސް ހައްްޖު ކޯޕަރޭޝަންގެ މެނޭޖްމަންޓުން އެންމެ ހާއްސަ ސަމާލުކަމެއްދޭ ކަންތައް ކަމުގައި ވެސް މި ފުރުސަތުގައި ދަންނަވަމެވެ،" ނޫސްބަޔާނުގައިވެ އެވެ.

ފާހަގަކޮށްލެވޭ - ހައްޖު ކޯޕަރޭޝަންގެ ފަރާތުން އެ ނޫސްބަޔާން ނެރެފައިވަނީ މަޝްހޫރު ފުޓުބޯޅަ ތަރި މުހައްމަދު އާރިފް (ބަކާ) ހައްޖުގެ އަޅުކަން ނިންމާފައި ރާއްޖެ އައުމަށް ފަހު ނިޔާވީ މެނިންގޯކޮކަލް ބަލީގައި ކަމަށް އަޑުފެތުރިފައިވާ ދަނޑިވަޅެއްގަ އެވެ.

ރާއްޖެއިން މެނިންގޯކޮކަލް ކޭސްއެއް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ މީގެ ކުޑައިރުކޮޅެއް ކުރިން ކަށަވަރު ކޮށްދީފަ އެވެ. އެ އިދާރާއިން ބުނި ގޮތުގައި، އެކަމާ ގުޅިގެން އިތުރު މައުލޫމާތު އެއްކޮށް ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެނގުން މުހިއްމު - އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގައި ނިޔާވި އާރިފް ހައްޖަށް ދިޔައީ ކޯޕަރޭޝަންގެ ފަރާތަކުން ނޫނެވެ. އޭނާ ހިމެނުނީ ސައުދީ ރަސްގެފާނުގެ ހާއްސަ ދައުވަތުގައި ސައުދީ އެމްބަސީން ހައްޖަށް ފޮނުވި މީހުންގެ ތެރޭގަ އެވެ.

`

ކޮމެންޓް (1)

ސިކުނޑި

26 ޖޫން 2024
ހަސަން ކުރުސީ ދޮގު ވާހަކަ ފަތުރައެވެ. އަދި ހައްޖު ކޯޕަރޭޝަންއިންވެސް ދޮގު ބަޔާނެއް ނުނެރޭނެ ކަމަށް ދަންނަވަން މިހާރު ދައްޗެވެ.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް