ރަޖިސްޓްރާ އޮފް ޔޫނިއަންސްގެ މަގާމަށް ފުރަތަމަ ފަހަރަށް އައްޔަންކުރި އާމިނަތު ޝާނީ. (ފޮޓޯ/ހަޔާ އެޑިއުކޭޝަން މިނިސްޓްރީ)
ޔޫނިއަންތަކުގެ ފުރަތަމަ ރަޖިސްޓްރާއަކަށް ޝާނީ އައްޔަންކޮށްފި
މިފަހުން އަމަލުކުރަން ފެށި ޔޫނިއަންތަކާ ބެހޭ ގާނޫނުގެ ދަށުން އުފެދުނު 'ރަޖިސްޓްރާ އޮފް ޔޫނިއަންސް'ގެ މަގާމަށް ފުރަތަމަ ފަހަރަށް އާމިނަތު ޝާނީ އައްޔަންކޮށްފި އެވެ.
ތަފްސީލް - ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު އެކްސްގައި ބުނިގޮތުގައި:
-
އޭނާ އެ މަގާމަށް އައްޔަންކޮށްފައިވަނީ ޔޫނިއަންތަކާ ގުޅުންހުރި ކަންކަމަށް ހަދާފައިވާ އިންޑަސްޓްރިއަލް ރިލޭޝަން ގާނޫނުގެ ދަށުން
-
ރައީސް މުހައްމަދު މުއިއްޒު އޭނާ އެ މަގާމަށް އައްޔަންކުރައްވާފައިވަނީ 5 މެއިގައި
President Dr. Mohamed Muiz appointed Ms. Aminath Shani as Registrar of Unions on 5th May 2024, under the Industrial Relation Act, 01/2024. pic.twitter.com/qgJzDvJIub
— Min. of Higher Edu, Labour and Skills Development (@MoHEmv) June 25, 2024
ޝާނީ ވަނީ މީގެ ކުރިން އިކޮނޮމިކް މިނިސްޓްރީގެ ޑިރެކްޓަރުކަމުގެ މަގާމާއި ޖެންޑާ މިނިސްޓްރީގެ އެސިސްޓަންޓް ހިއުމަން ރިސޯސް ޑިރެކްޓަރުގެ މަގާމު ފުރުއްވާފަ އެވެ.
ފަސްމަންޒަރު - މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް އުފެއްދުމާއި އެފަދަ ޔޫނިއަންތައް ހިންގުމާ ގުޅޭ އުސޫލުތައް އެކުލަވާލާފައިވާ އިންޑަސްޓްރިއަލް ރިލޭޝަންސް ގާނޫނު ރައީސް ތަސްދީގުކުރެއްވީ މިދިޔަ ޖެނުއަރީގަ އެވެ.
އޭގެ ތިން މަސް ފަހުން އޭޕްރިލްގައި އެ ގާނޫނަށް އަމަލުކުރަން ފެށިތާ 30 ދުވަހުގެ ތެރޭގައި ޔޫނިއަންތަކުގެ ރަޖިސްޓްރާގެ މަގާމަށް މީހަކު އައްޔަންކުރަން ޖެހެ އެވެ.
އެނގުން މުހިއްމު - އިންޑަސްޓްރިއަލް ރިލޭޝަންސްގެ ގާނޫނުގެ މަގްސަދަކީ:
-
މަސައްކަތްތެރިންގެ ޖަމިއްޔާތައް އުފެއްދުމާއި އެފަދަ ޖަމްއިއްޔާތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމާއި ނުވުމަށް ގާނޫނުއަސާސީގެ ދަށުން ލިބިދޭ ހައްގު ކަށަވަރުކޮށްދިނުން
-
ޓްރޭޑް ޔޫނިއަންތަކުގެ ގާނޫނީ އިހުތިސާސް ކަނޑައެޅުން
-
މަސައްކަތްތެރިންނާއި ވަޒީފާ ދޭ ފަރާތްތަކުގެ ދެމެދުގައި އުފެދޭ މައްސަލަތަކާއި ދެބަސްވުންތައް ހައްލުކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުން