ބައިނަލްއަގްވާމީ ސީމަނުންގެ ދުވަސް ފާހަގަކުރަން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން. (ފޮޓޯ/ޓްރާންސްޕޯޓް މިނިސްޓްރީ)
ދުނިޔެ ބަލައިގަންނަ ފެންވަރުގައި ސީމަނުންގެ ކާޑު ރާއްޖެއަށް ތައާރަފްކޮށްފި
ސީ ފެއާރާސް ނުވަތަ ބޯޓު ދަތުރުކުރާ މީހުންގެ އަތުގައި އޮންނަން ޖެހޭ ސީ ފެއާރާސް އައިޑެންޓިޓީ ޑޮކިއުމެންޓް (އެސްއައިޑީ) ރާއްޖެއިން ލިބޭނެ ގޮތް ޓްރާންސްޕޯޓް މިނިސްޓްރީން ހަމަޖައްސައިފި އެވެ.
ވީ ކިހިނެއް؟ - ރާއްޖެއަށް އެސްއައިޑީ ތައާރަފްކޮށްދެއްވީ ބައިނަލްއަގްވާމީ ސީމަނުންގެ ދުވަސް ފާހަގަކުރަން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެވެ.
އެ ރަސްމިއްޔާތުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި އިސް ބޭފުޅުންނާއި ސީމަނުން ވެސް ބައިވެރިވި އެވެ.
އެނގުން މުހިންމު - އެސްއައިޑީއަކީ އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަންގެ ‘ދަ ސީ ފެއާރާޒް އައިޑެންޓިޓީ ޑޮކިއުމެންޓްސް ކޮންވެންޝަން’ މުއާހަދާއަށް 2003 ގައި ގެނައި ބަދަލާ އެއްގޮތަށް އާގުބޯޓުފަހަރުފައި މަސައްކަތްކުރާ މީހުންގެ އަތުގައި އޮތުން މަޖުބޫރު ލިޔުމެކެވެ. މި ލިޔުން އޮންނަނީ ކާޑެއްގެ ގޮތުގަ އެވެ.
ތަފްސީލު - މިއީ 2016އިން ފެށިގެން ދިވެހި ސީމަނުންގެ އަތުގައި ވެސް އޮތުން މަޖުބޫރު ކާޑަކަށް ވިޔަސް، ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި ވީހާ ތަނަށް ވެސް އެ ކާޑު ތައާރަފްކޮށްފައިނުވާ ކަމަށެވެ.
އޭގެ ސަބަބުން މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން އެކި ކަހަލަ އުނދަގޫތަކާ ކުރިމަތިވާ ކަމަށް ވެސް ޓްރާންސްޕޯޓުން ބުނެ އެވެ.
އޭގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތަކަކީ:
-
ބައެއް ގައުމުތަކުން ދިވެހި ސީމަނުން އެތެރެވިޔަނުދީ އަނބުރާ ފޮނުވާލުން
-
ޖޫރިމަނާކުރުން
-
މި ލިޔުން ރާއްޖެއިން ނުލިބޭތީ ސީމަނުންނަށް ވަޒީފާ ދޭ ކުންފުނިތަކުން ދިވެހި ސީމަނުންނަށް ވަޒީފާ ދިނުން ހުއްޓާލުން
މިނިސްޓްރީން ބުނި ގޮތުގައި ރާއްޖެއިން ލިބޭ ގޮތަށް ތައާރަފްކުރި އެސްއައިޑީ އަކީ ދުނިޔޭގެ ހުރިހާ ގައުމުތަކުން ބަލައިގަންނަ ފެންވަރުގައި ތައްޔާރުކޮށްފައިވާ ކާޑެކެވެ.
އެސްއައިޑީއާ އެކު ބޯޓުދަތުރުކުރާ މީހުންނަށް ލިބޭނެ ފައިދާތައް
-
ފެސިލިޓޭޓަޑް ޝޯ ލީވް، ޓްރާންސިޓް، ޓްރާންސްފާ އަދި ރެޕަޓްރިއޭޝަންގެ ހިދުމަތް ލިބޭނެ
-
މި ކާޑު އޮންނަ މީހާއަކީ ސީ ފެއާރާއެއްކަން ކަށަވަރުކޮށްދޭތީ، އެމްއެލްސީގެ ދަށުން ވަކި ހައްގުތަކާއި އިނާޔަތްތަކާއި ސިއްހީ ފަރުވާ އަދި ވެލްފެއާގެ ޝަރުތު ހަމަވާކަން ވެސް ކަށަވަރުކޮށްދެވުން
-
އައިޑެންޓިޓީ ވަގަށް ނެގުން، މަކަރާއި ހީލަތް އަދި ޓެރަރިޒަމްގެ ކަންކަމުގައި އެސްއައިޑީގެ ސެކިއުރިޓީ ފީޗާސް މެދުވެރިކޮށް އެމީހެއްގެ އައިޑެންޓިޓީ ކަށަވަރު ކޮށްދެވޭނެ
ކޮމެންޓް (1)
ހިތަދު 2