18 ފެބްރުއަރީ 2024: ކިރާ މަހަށް ފައިސާ ނުލިބި ލަސްވާ މައްސަލައިގައި ކޫއްޑޫގައި އިހުތިޖާޖު ކުރަމުންދާ މަސްވެރިންނާ މިނިސްޓަރު ޝިޔާމް ބައްދަލުކުރެއްވުން. (ފޮޓޯ/ފިޝަރީޒް މިނިސްޓްރީ)

އެންމެ ބޮޑު އިސްކަމަކީ މަސްވެރިންނަށް ނުދީ ހުރި ފައިސާ ދިނުން: ޝިޔާމް

ޝިޔާމް ވިދާޅުވީ މި ސަރުކާރުން މިހާތަނަށް ތެލާއި އައިސްގެ ސަބްސިޑީ ހިމެނޭހެން ޖުމްލަ 933 މިލިއަން ރުފިޔާ މަސްވެރިންނަށް ދީފައިވާ ކަމަށް

ސަރުކާރުން މިހާރު އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތަކީ މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ކަަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޝިޔާމް މިހެން ވިދާޅުވީ ޕީއެންސީގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ބުނީ ކީކޭ؟ - ޝިޔާމް ވިދާޅުވީ މި ހަފްތާގައި ވެސް އެންމެ އިސްކަމެއް ދީގެން ކުރާނެ މަސައްކަތަކީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދިނުމުގެ މަސައްކަތް ކަމަށެވެ.

ޝިޔާމް ވިދާޅުވީ ގެއްލުމުގައި މަސް ގަތުމުގެ ސަބަބުން މިއަހަރުގެ ފުރަތަމަ ކުއާޓަރާ ހަމައަށް މިފްކޯއަށް 1.6 ބިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި މިދިޔަ ސަރުކާރުން މަސްވެރިންނާ ދޭތެރޭ ކަންތައް ކޮށްފައިވާ ގޮތަށް ވެސް އޭނާ ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ:

  • ކުރީ ސަރުކާރުން މަސް ކިލޯއެއްގެ އަގު 17ރ.އަށް ބޮޑުކުރުމަށް ފަހު މަސްވެރިންނަށް ފައިސާ ދެއްކީ ފައިސާ ޗާޕުކޮށްގެން

  • އިންތިހާބުގެ ދެވަނަ ދައުރާ ދިމާކޮށް މަސް ކިލޯއެއްގެ އަގު 25ރ.އަށް ބޮޑުކޮށް، މަސްވެރިންނަށް އެއްވެސް ފައިސާއެއް ނުދޭ

  • މިފްކޯއިން ގެއްލުމުގައި މަސް ގަތުމުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް 1.6 ބިލިއަންގެ ގެއްލުން ވަނީ ލިބިފައި

  • މި ސަރުކާރުން، މަސް ގަންނަން ސަބްސިޑީގެ ގޮތުގައި މިފްކޯއަށް 270 މިލިއަން ރުފިޔާ ވަނީ ދީފައި

  • މި ސަރުކާރުން، ތެލާއި އައިސްގެ ސަބްސިޑީ ހިމެނޭހެން ޖުމްލަ 933 މިލިއަން ރުފިޔާ މަސްވެރިންނަށް ސަރުކާރުން ދީފި

ގުޅުން ހުރި - ޝިޔާމް މިހެން ވިދާޅުވިއިރު މިފްކޯއިން އިއްޔެ ބުނީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް ނުދެވި ވަނީ އެއް މަހަށްވާ 52.6 މިލިއަން ރުފިޔާ ކަމަށެވެ.

"އެއީ މިދިޔަ 9 މޭ އިން ފެށިގެން މިއަދުގެ ނިޔަލަށް ދޭންޖެހޭ 52.6 މިލިއަން. މާނައަކީ 1 މަހާއި 14 ދުވަސް. މިއީ މިހާތަނަށް ކިރި މަހުގެ ޖުމްލަ ކަމުގައި ދަންނަވަން،" މިފްކޯއިން މީޑިއާތަކަށް އިއްޔެ ފޮނުވި މެސެޖުގައިވެ އެވެ. 

މިފްކޯއިން އިތުރަށް ބުނީ:

  • މިއީ މަސްވެރިކަން ދަށް ދުވަސްވަރެއް

  • މިއީ މިފްކޯއަށް މަސްކިރާ ރޭޓު ވަރަށް ބޮޑަށް ދަށްވެފައިވާ ދުވަސްވަރެއް

އިތުރު އާޓިކަލް

އިތުރު އާޓިކަލް