12 ޖޫން 2024: ބޮޑު ކަންނެލި މަސްވެރިން ކުރި އިހުތިޖާޖުގެ ތެރެއިން. ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މިފްކޯ

މަސްވެރިންނަށް މިހާތަނަށް ނުދެވިހުރީ މަހަކަށްވާ 52 މިލިއަން ރުފިޔާ: މިފްކޯ

މިފްކޯއިން ބުނީ، މިދުވަސްވަރަކީ މަސްވެރިކަން ދަށް ދުވަސްވަރެއް ކަމުން މިއީ މިފްކޯއަށް މަސްކިރާ ރޭޓު ވަރަށް ބޮޑަށް ދަށްވެފައިވާ ދުވަސްވަރެއް ކަމަށް

މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް ނުދެވި ވަނީ އެއް މަހަށްވާ 52.6 މިލިއަން ރުފިޔާ ކަމަށް މިފްކޯއިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މިފްކޯއަށް މަސްވެރިން ކިރާ މަހަށް ފައިސާ ނުދައްކާތާ ދެ ތިން މަސް ވެފައިވާ ކަމަށް ބުނެ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ)ގައި ސިލްސިލާ މުޒާހަރާތަކެއް މަސްވެރިން އަންނަނީ ކުރަމުންނެވެ. މިއަދު ވެސް އެ މުޒާހަރާތައް ކޮށްފައިވާއިރު، މަސްވެރިންގެ ޑިމާންޑްތަކުގެ ސަބަބުން ތަނަށް ލިބިދާނެ ގެއްލުމަކަށް ބަލައި އޭއެފްސީގެ އޮޕަރޭޝަންތައް ވެސް އިއްޔެ އިން ފެށިގެން ވަނީ މެދުކަނޑާލާފަ އެވެ. 

ބުނީ ކީކޭ؟ - މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދޭތާ ދެ މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ބުނެ ފަތުރާ ވާހަކަތައް ދޮގުކޮށް މިފްކޯއިން މިއަދު ބުނީ، މިއަދާ ހަމަޔަށް ނުދެވި ހުރީ އެއް މަހާއި 14 ދުވަހުގެ ފައިސާ ކަމަށެވެ.

"އެއީ މިދިޔަ 9 މޭ އިން ފެށިގެން މިއަދުގެ ނިޔަލަށް ދޭންޖެހޭ 52.6 މިލިއަން. މާނައަކީ 1 މަހާއި 14 ދުވަސް. މިއީ މިހާތަނަށް ކިރި މަހުގެ ޖުމްލަ ކަމުގައި ދަންނަވަން،" މިފްކޯއިން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖުގައި ވެއެވެ.

މިފްކޯއިން އިތުރަށް ބުނީ:

  • މިދުވަސްވަރަކީ މަސްވެރިކަން ދަށް ދުވަސްވަރެއް

  • އަދި މިއީ މިފްކޯއަށް މަސްކިރާ ރޭޓު ވަރަށް ބޮޑަށް ދަށްވެފައިވާ ދުވަސްވަރެއް

ކޮމެންޓް (1)

ހިތަދު 2

26 ޖޫން 2024
މަސްވެރިންވެސް ސައިޒު ކުރަން ޖެހޭ ދެން ބޮޑުވަރުމީ، ފެކްޓަރީގަ ހުރި 300 ޓަނު މަސް ހަލާކު ވެއްޖިއްޔާ މުޒާހަރާ ކުރި ބަޔަކު އަތުން ބަދަލު ހޯދަން ވާނެ..
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް