ވިލާ ކޮލެޖްގެ ދަސްވެނިވުމެއް: ސެޕްޓެމްބަރުގައި 150 އަށް ވުރެ ގިނަ ކޯހުގެ ކިޔެވުން ފަށާނެ (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ވިލާ ކޮލެޖްގެ ސެޕްޓެމްބަރު އިންޓޭކް ކޯސްތަކަށް ހުޅުވާލައިފި
ވިލާ ކޮލެޖްގެ ސެޕްޓެމްބަރު އިންޓޭކްގައި ފަށާ ކޯސްތަކަށް ކުރިމަތިލާން އިއްޔެ ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - ވިލާ ކޮލެޖުން ނެރުނު ނޫސްބަޔާނެއްގައި އެކަމާ ގުޅޭ މައުލޫމާތައް ވަނީ ހާމަކޮށްފަ އެވެ.
ތަފްސީލު - އެ ނޫސްބަޔާނުގައިވާ ގޮތުން މިފަހަރު އިންޓޭކްގައި 150އަށް ވުރެ ގިނަ ކޯސްތައް ފަށާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
-
މާސްޓާސް ފެންވަރުގެ 21 ކޯސް
-
ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އަދި ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް ފެންވަރުގެ 26 ކޯސް
-
ޑިގްރީ ފެންވަރުގެ 45 ކޯސް
-
ޑިޕްލޮމާ ފެންވަރުގެ 50 ކޯސް
-
ފައުންޑޭޝަން ފެންވަރުގެ 17 ކޯސް
-
ސެޓްފިކެޓް ލެވެލް 3ގެ 17 ކޯސް
-
ސެޓްފިކެޓް ލެވެލް 2ގެ އެއް ކޯސް
މިކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކާއި ޔުނިވާސިޓީ އޮފް ދި ވެސްޓް އޮފް އިންގްލޭންޑް، މެލޭޝިއާގެ ޔުނިވާސިޓީ އޮފް ސައިބާޖާޔާ އަދި ޓޭލާސް ޔުނިވާސިޓީގެ ޕްރޮގްރާމަތައް ހިމެނެ އެވެ.
ކޯސްތަކާ ގުޅޭ ގޮތުން ވިލާ ކޮލެޖުގެ ވައި ސްރެކްޓަރު ޑރ. އަލީ ނަޖީބު ވިދާޅުވި ގޮތުގައި މިފަހަރުގެ އިންޓޭކްގައި 20އަށް ވުރެ ގިނަ ދާއިރާތަކުގެ ކޯސްތައް ހިމެނެ އެވެ. އޭގެ ތެރޭގައި:
-
އިންފޮމޭޝަން ޓެކްނޮލޮޖީ
-
ކޮމްޕިއުޓާ ސައިންސް
-
ޓީޗިން (ޕްރައިމަރީ، އިސްލާމް، ގުރްއާން، ދިވެހި، އިނގިރޭސި، ސެކަންޑްރީ ބިޒްނަސް ސަބްޖެކްޓްސް، ސެކަންޑަރީ ސައިންސް މާއްދާ)
-
އެޑިއުކޭޝަން
-
ގާނޫނީ ދާއިރާ
-
ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ
-
ބިޒްނަސް މެނޭޖްމަންޓް
-
އޭވިއޭޝަން މެނޭޖްމެންޓް
-
އިންޓަނޭޝަނަލް ބިޒްނަސް
-
އިކޮނޮމިކްސް، މާކެޓިން
-
އެކައުންޓިން އެންޑް ފައިނޭންސް
-
ބޭންކިން އެންޑް ފައިނޭންސް
-
ހިއުމަން ރިސޯސް
-
އިންޖިނިއަރިން (މެކޭނިކަލް، އިލެކްޓްރިކަލް، މެކަޓްރޯނިކްސް، ސިވިލް އިންޖިނައރިންގ)
-
ރިސާޗް
-
ނާސިން
-
ސައިކޮލޮޖީ
-
ޕަބްލިކް ހެލްތު
-
އިންޓީރިއަ އާކިޓެކްޗާ އެންޑް ޑިޒައިން
-
ހެލްތް ސާވިސަސް މެނޭޖްނަންޓް
-
ޕްރޮޖެކް މެނޭޖްމަންޓް
-
މާސް ކޮމިއުނިކޭޝަން
-
ކަލިނަރީ އާޓްސް
ސެޕްޓެމްބަރުގައި ފަށާ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކުގެ ތެރެއިން އިންޖިނިއަރިން، ޓީޗިން، ނާސިން އަދި ފާމަސީ ދާއިރާގެ ކޯސްތައް ފިޔަވާ ހުރިހާ ކޯހެއް ވެސް އޮންލައިންކޮށް ހެދުމުގެ ފުރުސަތު އޮވެ އެވެ.
ސެޕްޓެމްބަރު އިންޓޭކްގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފޯމް ހުށަހެޅޭނީ 1 އޮގަސްޓް ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. އޮންލައިންކޮށް ވެސް ހުށަހެޅޭނެ އެވެ.