ނަދީމް މަރުގެ މައްސަލައިގައި ދައުވާ އުފުލު މުހައްމަދު މަފާޒު ހުސައިން ސަލީމް (ޕެންސިލް)

މާރާމާރީ

ނަދީމްގެ މަރުގެ މައްސަލާގައި ދައުވާ އުފުލި މަފާޒް ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފި

ހައިކޯޓުގެ ހުކުމްގައި ވަނީ މަފާޒަކީ ކުށުގެ ވެށީގައި އުޅޭ މީހެއްކަން އެނގޭތީ ބަންދުކޮށްފައި ބަހައްޓަންޖެހޭ ކަމަށް

މާލޭގައި ކުރިން ހިންގި ޓާމިނަލް ކެފޭ ތެރޭގައި ހުއްޓާ ތޫނު އެއްޗަކުން ބޮޮލަށް ހަމަލާދީ މަރާލި ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލާގައި ދައުވާ އުފުލުމަށް ފަހު އެ ދައުވާ ސާބިތުނުވުމުން ދޫކޮށްލާފައި ހުރި މުހައްމަދު މަފާޒް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބަހައްޓަން ހައިކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ވީ ކިހިނެއް؟ - މަފާޒް ބަންދުގައި ބަހައްޓަން ހައިކޯޓުން މިއަދު އަމުރު ކުރީ، އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ފަހު، މަފާޒް ބަންދުކޮށްފައި ބަހައްޓައިދޭން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދިފައިވަނީ މިމަހުގެ 9 ގަ އެވެ.

ތަފްސީލް - މަފާޒް ބަންދުކޮށްދިނުމަށް އެދި ޕީޖީން ބުނީ ކުށް ސާބިތުނުވާ ކަމަށް ނިންމައި މަފާޒް ދޫކޮށްލި ފަހުން ތިން ފަހަރެއްގެ މަތިން މަފާޒް ހައްޔަރުކޮށްފައިވާ ކަމަށެވެ. އެހެންކަމުން އޭނާ ކުށުގެ ވެށީގައި އުޅޭކަން އެނގޭ ކަމަށް ޕީޖީން ބުނެފައިވެ އެވެ.

އޭގެތެރޭގައި ހިމެނެނީ

  • ތޫނު ހަތިޔާރު ގެންގުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލަައެއް

  • ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މައްސަލައެއް

  • އިންޒާރުދީ އަދި މާރާމާރީ ހިންގި މައްސަލައެއް

އެކަމާ ގުޅިގެން ކޯޓުގެ ހުކުމުގައި ވަނީ މަފާޒަކީ ކުށުގެ ވެށީގައި އުޅޭ މީހެއްކަން އެނގޭތީ، މަފާޒް މުޖުތަމައުއަށް ދޫވެފައި ހުރެއްޖެ ނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ފުރުސަތު އޮތް ކަމަށް ފެންނަ ކަމަށެވެ.

އެނގުން މުހިންމު - ޖުލައި 2017ގައި ނަދީމް މަރާލީ، ސައިކަލުތަކެއްގައި ދިޔަ ބައެއްގެ ތެރެއިން މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ޓާމިނަލް ކެފޭ ތެރެއަށް ވަދެ، އޭނާގެ ބޮލަށް ވަޅިން ހަމަލާ ދީގެންނެވެ. އެ މައްސަލާގައި ދައުލަތުން ދައުވާކުރި ފަސް މީހުންގެ ތެރެއިން މަފާޒްގެ މައްޗަށް އުފުލީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. އެ ދައުވާ އޭނާގެ މައްޗަށް ސާބިތުނުވުމުން 14 ނޮވެމްބަރު 2022ގައި ވަނީ ދޫކޮށްލައިފަ އެވެ.

އޭނާ ދޫކޮށްލި ފަހުން:

  • އޭގެ ފަސް މަސް ދުވަސް ފަހުން ވަނީ، އިތުރު މާރާމާރީއެއް ހިންގައި ފުލުހެއްގެ ގައިގާ ޖެހި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި؛ އެ މައްސަލައާ ގުޅިގެން ހަތް ދުވަހު ބަންދުގައި ބެހެއްޓުމަށް ފަހު ދޫކޮށްލި

  • އޭގެ ފަހުން، މިދިޔަ އަހަރުގެ ޖޫން މަހުގެ 3 ވަނަ ދުވަހު، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ބަޔަކު ހުއްޓުވައި ހައްޔަރުކުރި މީހުންގެ ތެރޭގައި މަފާޒް ވެސް ހިމެނޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް