ޖޭއެސްސީގެ ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގަތް މާފުށި ދާއިރާގެ މެމްބަރު ހުސައިން ރިޒާ. (ފޮޓޯ/ޖޭއެސްސީ)

ޖޭއެސްސީގެ ރައީސްގެ މަގާމަށް މެމްބަރު ރިޒާ

ރިިޒާ ޖޭއެސްސީއަށް އައްޔަންކޮށްފައިވަނީ 20 ވަނަ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖޭއެސްސީއަށް އައްޔަންކުރި މެމްބަރުގެ ގޮތުގައި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްގެ މަގާމަށް މާފުށި ދާއިރާގެ މެމްބަރު ހުސައިން ރިޒާ މިއަދު އިންތިހާބުކޮށްފި އެވެ.

ވީ ކިހިނެއް؟ - ރިޒާއަކީ ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅާފައި ހުންނަވާ މެމްބަރެވެ. ރިޒާ ޖޭއެސްސީ މެމްބަރުކަމުގެ ހުވާކުރެއްވީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެވެ.

ޖޭއެސްސީގެ ރައީސް ކަމަށް ރިޒާ އިންތިހާބުވެވަޑައިގަތުމުން އެ ކޮމިޝަނުން ވަނީ އޭނާއަށް މިއަދު މަރުހަބާ ދަންނަވާފަ އެވެ.

ތަފްސީލް - ޖޭއެސްސީ އަކީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި މަގާމުގެ ކުރިއެރުން ދިނުން ފަދަ ކަންތައް ކުރާ މުއައްސަސާ އެވެ. ރިޒާގެ އިތުރުން އެ ކޮމިޝަންގައި ތިއްބަވާ މެމްބަރުންނަކީ:

  • 1-

    ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

  • 2-

    ކޮމިޝަންގެ ނައިބު ރައީސް، މުހައްމަދު ނިޔާޒު - ހައި ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބު ކޮށްފައިވާ ފަނޑިޔާރު

  • 3-

    ފަނޑިޔާރު ހުސްނުއްސުއޫދު - އުއްތަމަފަނޑިޔާރު ފިޔަވައި ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބު ކޮށްފައިވާ ފަނޑިޔާރު

  • 4-

    އަލީ ޝަރީފް - ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިހާބު ކޮށްފައިވާ ފަނޑިޔާރު

  • 5-

    މުހައްމަދު ނާސިހު -  ސިވިލް ސާވިސް ކޮމިޝަންގެ ރައީސް

  • 6-

    އަހްމަދު އުޝާމް - ބަންޑާރަނައިބު

  • 7-

    މެންބަރު މުހައްމަދު ސަމީރު - ރައީސްގެ މެންބަރު

  • 8-

    އަލީ އަބްދުއްލަތީފް - ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބުކޮށްފައިވާ މެންބަރު

  • 9-

    ޑރ. އާމިނަތު އުއްމުކުލްސުމް - އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރު

އިތުރު އާޓިކަލް

އިތުރު އާޓިކަލް