ވިނަރެސް ފްލެޓުތައް. (ފޮޓޯ/އާބަންކޯ)

ވިނަރެސް ފްލެޓު

ވިނަރެސްގެ އެކްސެސް ޓެގު ދޫކުރަން ފަށައިފި

ވިނަރެސް އެޕާޓްމަންޓުތަކުގެ ވެރިންނަށް ޓެގު ދޫކުރުމަށްފަހު 23 ޖޫންއިން ފެށިގެން އެޗުޑީސީއިން އެކްސެސް ކޮންޓްރޯލް ކުރަން ފަށާނެ. އެއާ އެކު އެ ތަނަށް ދެން ވަދެވޭނީ ޓެގު އޮންނަ މީހުންނަށް އެކަނި

ވިނަރެސް ޓަވަރުތަކުގެ އެކްސެސް ޓެގު އެޗުޑީސީއިން ދޫކުރަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ވިނަރެސް ޓަވަރުތައް މިހާރު ހުންނަނީ އެކްސެސް ކޮންޓްރޯލް ނުކޮށެވެ. އެހެންވެ، އެޗުޑީސީއިން ބުނީ، އެ ތަނުގައި ނޫޅޭ މީހުން ވެސް އެތަނަށް ވަންނަ ކަމުގެ ޝަކުވާ އެ ކުންފުންޏަށް އަންނަނީ ލިބެމުންނެވެ.

ތަފްސީލު - އެޗުޑީސީއިން ބުނީ ޓެގުތައް ދޫކުރާނީ މިއަދާއި މާދަމާގެ ހެނދުނު 10 އިން ހަވީރު 6 އާ ދެމެދު، ވިނަރެސް 10ގެ މެނޭޖްމަންޓު އޮފީީހުންނެވެ. އެޗުޑިސީއިން ބުނި ގޮތުގައި:

  • ކީ ޓެގު ދޫކުރާނީ އެޕާޓްމަންޓުގެ ވެރިފަރާތް ނުވަތަ ކޯ-އެޕްލިކެންޓަށް

  • ޓެގާ ހަވާލުވާން ދާއިރު ވެރިފަރާތުގެ އައިޑީކާޑު ކޮޕީ ގެންދަން ޖެހޭނެ

  • ކޯ-އެޕްލިކެންޓު ދާނަމަ ވެރިފަރާތާއި ދެމީހުންގެ އައިޑީކާޑު ކޮޕީ ގެންނަން ޖެހޭނެ

މިއަދާއި މާދަމާ ދޫކުރާ ޓެގުތަކާ އެކު 23 ޖޫންއިން ފެށިގެން ވިނަރެސްގެ އެކްސެސް ކޮންޓްރޯލް ކުރަން ފަށާނެ އެވެ. އެއާ އެކު ދެން ވިނަރެސްއަށް ވަދެވޭނީ ޓެގު އޮންނަ މީހުންނަށް އެކަންޏެވެ. މިއީ އެ ތަނުގެ ސެކިއުރިޓީ ވަރުގަދަވާނެ ކަމެއް ކަމަށް އެޗުޑީސީއިން ފާހަގަކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް