ފާމަސީއެއްގައި ބޭސްތަކެއް ވިއްކަން ބަހައްޓާފައި. (ފޮޓޯ/ޕީއެސްއެމް)

ބޭސް

ތައިލެންޑު ކުންފުންޏަކުން އުފައްދާ ބޭސްތަކެއް ބޭނުން ނުކުރަން އަންގައިފި

މިއީ، ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭސްތަކުގެ ލިސްޓްގައި ހިމެނޭ ބޭސްތަކެއް ނޫން

ތައިލެންޑުގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ 'ސެވެން ސްޓާޒް ފާމަސިއުޓިކަލް' އިން އުފައްދާ ބޭސްތައް ބޭނުން ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން އަންގައިފި އެވެ.

ވީ ކިހިނެއް؟ - އެފްޑީއޭ އިން އިއްޔެ ނެރުނު އެލާޓެއްގައި ވާގޮތުން، އެ ކުންފުނިން އުފައްދާ ބައެއް ބޭސްތަކުގައި 'ސޯބެޓަލް' ނަމަކަށް ކިޔާ އެކްޕީއެންޓެއްގައި ނުރައްކާތެރި ކެމިކަލްގެ މާއްދާއެއް އެކުލެވިގެންވާތީ، ތައިލެންޑުގެ ބޭސް ރެގިއުލޭޓް ކުރާ އޮތޯރިޓީން ވަނީ އެ ބޭސްތައް ރިކޯލް ކޮށްފަ އެވެ.

މި ބޭސްތަކަކީ، އެފްޑީއޭ އިން ބުނި ގޮތުގައި، ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭސްތަކުގެ ލިސްޓް (އެޕްރޫވްޑް ޑްރަގް ލިސްޓް)ގައި ހިމެނޭ ބޭސްތަކެއް ނޫނެވެ. ނަމަވެސް، އެ އިދާރާ އިން ބުނީ:

  • ތައިލެންޑަކީ ދިވެހިން ބޭސް ފަރުވާއަށް ގޮސް އުޅޭ ގައުމެއް އަދި ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް ދިވެހިން ބޭސް އެތެރެވެސް ކުރޭ؛ އެކަމަށް ސަމާލުވުން މުހިއްމު

  • ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެ ކުރާއިރު ހާއްސަ ސަމާލުކަމެއްދީގެން ޕޯޓުތަކުގައި ބަލައި ފާސް ކުރަމުން ގެންދާނެ

  • އެކަމާ ގުޅޭ އިތުރު މައުލޫމާތު އެފްޑީއޭގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅުމުން ލިބޭނެ

ނުރައްކާތެރި ކެމިކަލް ހުރި ސޯބިޓަލްގެ ބެޗުން އުފައްދާފައިވާތީ، ވިއްކުން މަނާކޮށްފައިވާ ބޭސްތަކުގެ ލިސްޓު:

  • ކާބޮސޮލް ސިރަޕް

  • ސްޓާޓެކް ސިރަޕް

  • ޕެރަސްޓާ ސަސްޕެންޝަން

  • ފަޓެކް ސިރަޕް

  • ސެޓަފެން ސިރަޕް

  • ކޯ-ޓްރިމޮކްސަޒޯލް މިކްސްޗާ

  • ކްރެސްބުފެން ސަސްޕެންޝަން

  • ޑޮމްޕާސްޓާ ސަސްޕެންޝަން

  • ކްރެސްޓްރިމް ސަސްޕެންޝަން

  • ކްރެސޮލެޓް ސިރަޕް

  • ކްރެސްޓެެކް ސިރަޕް

  • ކްރެސްބްރޮކްސޮލް ސިރަޕް

  • ސްޓާޓިފެން ސިރަޕް

  • އިބުސްޓާ ސަސްޕެންޝަން

  • ޑޮމްޕާކްރެސް ސިރަޕް

އިތުރު އާޓިކަލް

އިތުރު އާޓިކަލް