ކާނިވާ ސަރަހައްދު (ފޮޓޯ/ މިހާރު)

ކާނިވާ ސަރަހައްދުގެ ކުލި ސިޓީ ކައުންސިލުން ބަލައި ގަންނަން ނިންމައިފި

ކާނިވާ ސަރަހައްދަކީ ގިނަ އަދަދެއްގެ ކެފޭ، ރެސްޓޯރެންޓް ހިންގަމުން އަންނަ ސަރަހައްދެއް

މިމަހުގެ އެކަކުން ފެށިގެން އަލިމަސް ކާނިވާ ސަރަހައްދުގެ ކެފޭތަކުގެ ބަލައި ގަންނާނީ މާލޭ ސިޓީ ކައުންސިލަަށް ކަމަށް ނިންމައިިފި އެވެ.

ތަފްސީލް - މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މީގެފަހުން އަލިމަސް ކާނިވާ ސަރަހައްދުގެ ކުލި ދައްކަން ޖެހޭނީ ސިޓީ ކައުންސިލުން ކަމަށެވެ.

މީރާއިން ބުނީ އެކަމުގެ އިތުރު ތަފްސީލް ސިޓީ ކައުންސިލުން ލިބޭނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ކަމެއް - ކާނިވާ ސަރަހައްދަކީ ގިނަ އަދަދެއްގެ ކެފޭ / ރެސްޓޯރެންޓް ހިންގަމުން އަންނަ ސަރަހައްދެކެވެ. އަދި ޕްެރައިވެޓިން ޕާކިންއަށް ހާއްސަ ސަރަހައްދެއް ވެސް ކާނިވާ ސަރަހައްދުގައި އޮވެ އެވެ.

އޭގެ އިތުރުން އެކި ޖަލްސާތަކާއި ހަފްލާތަކަށް އެތަނުގެ ސްޓޭޖް ސަރަހައްދު ކުއްޔަށްދެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް