ރައީސް މުއިއްޒު އިންޑިއާ ދަތުރުފުޅުން ރާއްޖެ ވަޑައިގެން އެއާޕޯޓުން މަޖިލީހުގެ ރައީސް އަބްދުއްރަހީމްއާ ސަލާމް ކުރައްވަނީ (ފޮޓޯ/ރައީސް އޮފީސް)

ރާއްޖެ-އިންޑިއާ

ރައީސް އިންޑިއާ ދަތުރަށް ފަހު މާލެ ވަޑައިގެންފި

ވެރިކަމަށް ވަޑައިގަތް ފަހުން ރައީސް މުއިއްޒު އިންޑިއާއަށް ފުރަތަމަ ދަތުރުފުޅެއް މި ކުރެއްވީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ލިބުނު ދައުވަތަކަށް
11 ޖޫން 2024
1

ރައީސް މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރު ނިންމަވާލެއްވުމަށް ފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފި އެވެ.

ތަފްސީލް - އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ވަޒީރުން ތިން ވަނަ ދައުރަކަށް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އެ ގައުމުން ދިން ދައުވަތަކަށް ކުރެއްވި ދަތުރު ނިއްމާލައްވައި ރައީސް މާލެ ވަޑައިގެންނެވީ މިއަދު ހެނދުނު އެވެ. ރައީސްގެ މި ދަތުރުފުޅުގައި ވަނީ: 

  • ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އިއްޒަތްތެރިންގެ ޝަރަފުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދެއްވި ރަސްމީ ޖާފަތުގައި ރައީސް ބައިވެރިވެވަޑައިގެންނެވި

  • ރައީސް އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާ ދެބޭފުޅުން ބައްދަލުކުރައްވައި ދެގައުމުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މަޝްވަރާތައް ކުރެއްވި

  • އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވި

ފާހަގަކޮށްލެވޭ - ރައީސް އިންޑިއާއަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި މި ދަތުރުފުޅަކީ އެމަނިކުފާނު އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ކޮމެންޓް (1)

ސިކުނޑި

11 ޖޫން 2024
އައުޓް ކޮށްލީ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް