ހައުސިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަކްރަމް ކަމާލުއްދީން (ފޮޓޯ/ރައީސް އޮފީސް

އޭސީސީ

އަކްރަމް ކަމާލުއްދީންގެ ފޯނު ހިފަހައްޓައިފި

'ދައުރު'އަށް އެނގިފައިވާ ގޮތުގައި ބަލައި ފާސްކުރުމަށް ފަހު އަކްރަމްގެ ގެއިން ގެންގޮސްފައިވަނީ އޭނާގެ ފޯނާއި ލެޕްޓޮޕެއް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ފޯނު އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިފަހައްޓައިފި އެވެ.

ވީ ކިހިނެއް؟ - އެ ސަރުކާރުން ކުރިއަށް ގެންދިޔަ 'ގެދޮރުވެރިޔާ' ސްކީމުގެ ދަށުން ފްލެޓު ދިނުމުގެ ކަންތައްތަކުގައި އިސްކޮށް މަސައްކަތް ކުރެއްވި ކޮމެޓީގައި ހިމެނިވަޑައިގެންނެވި ބޭފުޅުންގެ ގެތަކަށް ކޯޓު އަމުރެއްގެ ދަށުން އޭސީސީން މިއަދު ވަނީ ވަދެފަ އެވެ.

އޭސީސީގެ އޮފިޝަލަކު ވިދާޅުވީ އެ ކޮމިޝަނުން ބަލައި ފާސްކުރަނީ ކުރީ ސަރުކާރުގެ ފްލެޓު ކޮމެޓީގައި ތިއްބެވި ހަތަރު މެންބަރަކު ދިރިއުޅުއްވާ ތަންތަން ކަމަށެވެ. އެގޮތުން ބަލާ ތަންތަނަކީ: 

  • އޭރުގެ ހައުސިންގެ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ އެޕާޓްމަންޓް

  • ކޮމެޓީގެ މެންބަރު މުހައްމަދު އާރިފްގެ އެޕާޓްމަންޓް

  • ކޮމެޓީގެ މެންބަރު މުހައްމަދު ލިރުގާމްގެ އެޕާޓްމަންޓް 

  • ކޮމެޓީގެ މެންބަރު އަހުމަދު ވިސާންގެ އެޕާޓްމަންޓް

ތަފްސީލް - "ދައުރު"އަށް އެނގިފައިވާ ގޮތުގައި ބަލައި ފާސްކުރުމަށް ފަހު އަކްރަމްގެ ގެއިން އޭނާގެ ފޯނާއި ލެޕްޓޮޕެއް ވަނީ ގެންގޮސްފަ އެވެ.

ފްލެޓު ދިން ގޮތާމެދު ހިތްހަމަ ނުޖެހިގެން ހައުސިން މިނިސްޓްރީ އަށް ގޮސް ހުރި މީހަކާ އަކްރަމް ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ހުސެން ސުނޭން)

ކުރީގެ ސަރުކާރުން މާލޭގައި ދިރިއުޅޭ މީހުންނަށް ފްލެޓު ދިނުމަށް ހިންގި ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓެއް އެ ސަރުކާރުގެ ފަހުކޮޅުގައި ވަނީ ގެޒެޓުކޮށްފަ އެވެ. އެގޮތުން:

  • ދައުރު ހަމަވީ ފްލެޓު ލިބުނު ބައެއް މީހުންނާ އެކު ފްލެޓު ކަނޑައަޅައި އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނިކޮށް

  • ދާއިމީ ލިސްޓަށް ގިނަ އަދަދެއްގެ މީހުން ޝަކުވާ ހުށަހެޅުމާ އެކު އޭސީސީން ތަހުގީގެއް ފެށި

  • އެ ތަހުގީގުގައި ބެލި ފޯމުތަކުގެ %59.6 ފޯމަކީ ޝަރުތު ހަމަނުވާ ފޯމުތަކެއް ކަމަށް ވަނީ ބުނެފައި

ގެދޮރުވެރިޔާ ސްކީމުން ފްލެޓަށް އެދި 20،696 މީހުން ކުރިމަތިލި އެވެ. އޭގެ ތެރެއިން ޝަރުތު ހަމަވާ 18،167 މީހުންގެ ލިސްޓެއް ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން އާންމުކުރި އެވެ.

އޭސީސީން ވަނީ އޭގެ ތެރެއިން ޝަރުތު ހަމަވާ 4،048 މީހުންގެ ފޯމު ދިރާސާކޮށްފަ އެވެ. ތަހުގީގުގައި ބެލި ފޯމުތަކުގެ ތެރެއިން ތެރެއިން:

  • ޝަރުތު ހަމަވެ، އެއްވެސް މައްސަލައެއް ނެތް ފޯމުތައް: %20.7

  • ޝަރުތު ހަމަވި ނަމަވެސް، މައްސަލަ ހުރި ފޯމުތައް: %19.7

  • ޝަރުތު ފުރިހަމަ ނުވާ ފޯމުތައް: %59.6

ކޮމެންޓް (4)

ާސަވާރިި

12 ޖޫން 2024
މިސަރުކާރުން ގޯތި ފްލެޓް ނުދޭނެ. ކުރީ ސަރުކާރުން ގޯތި ފްލެޓް ދޭން ނިންމި ނިންމުމަށް އަމަލު ނުކުރާނެ، 2013 ން 2018 ށް ޔާމީނު ގެ ހައުސިން މިނިސްޓަރ މުއިއްޒު ޅ.އަތޮޅު-މާފިލާފުށީގައި ދިރިއުޅު 124 އާއިލާ އަށްބަދަލު ދޭން ނިންމީ ބަދަލު ދިނުމުގެ ޤާނޫނު އަސާސީ ފުޑާލާފަ އެ އާއިލާ ތަކުގެ ގޯތިތައް ދައުލަތަށް ބޭނުން ވެގެން 5.4.2011 ގައި ނެގުމަށްފަހު ގޯތި ނުދޭން ނިންމިއެވެ.އޭގެ ތރެއިން ބަޔަކު ކޯޓަށް ދިއުމުން ދެންނިންމީ 5000ެަ އަކަފޫޓްގެ ބިމުގެ ބަދަލުގައި 2000 އަކަފޫޓް ދޭން. މިހާތަނަށް 13 އަހަރު ފާއިތުވެ ދިޔައިރު 31 އާއިލާ އަކަށް ގޯތި އަދިވެސް ހަވާލު ނުކުރޭ، އަދި ބަދަލު ދިނީ އެކިއާއިލާ ތަކަށް ތަފާތުކޮށް އެއްބަޔަކަށް ހުޅުމާލެ އަނެއް ބަޔަކަށް ހދ.ން ނ.ކ.އ ވަރަށް އަނިޔާ ވެރިކޮށް މި ބަދަލު ގެ ކަންކަން ކުރަމުން ދިޔައީ އެކަމަކު ރިޔާސީ ކެމްޕޭން ތެރޭ ބުނީ މީހެއްގެ ހައްްޤަކަށް އަރައިގަނެ ނުވެސް ނިދޭނެ ކަމަށް ބުނެހެދި މީހެއް. ރައްޔިތުން ހޭލަތިބެންވާނެ
0 0

ސިކުނޑި

11 ޖޫން 2024
ސަރުކާރުގެ ރުހުން ހޯދަން އޭސީސީން ކުރާ ކަންތައް! ރައީސް މުއީޒްވެސް ވަޒީރަކަށް ހުރި އިރު ލިޔުން ބަހާލީ ރޭގަނޑު ދަންވަރު! އެކަށްޗެއް ތި ހަލުވަނީ ސިޔާސީވެރިން! މަންފާއެއް ލިބޭބައެއްވިއްޔާ ސަނާ ކިޔާލަ ކިޔާލާ ތިބެނީ ކޮންމެހެން ރަނގަޅު ވެގެން ނޫނީ ސަޕޯޓް ކުރާތީކީއެއްނޫން!
2 0

ހޮޅި

10 ޖޫން 2024
ބިރުދެއްކުމުގެ ކަންތައްތައް ފެށެނީ ބާ؟
5 1

އަލީމު

10 ޖޫން 2024
އޭސީސީއިން ބެލި ބެލުން ގާބޫލެއް ނުކުރެވޭ! އެމީހުން ބޭނުން ގޮތަކަށް މާނަކޮށްގެން ކަންކަން ތިގޮތަށް ހާމަކޮށްފައިވަނީ ސިޔާސި ބޭނުމެއްގައި.
6 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް