ރައީސް މުހައްމަދު މުއިއްޒު އާއި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެސް. ޖައިޝަންކަރު މިއަދު ނިއު ދިއްލީގައި ބައްދަލުކުރައްވަނީ. (ފޮޓޯ/ ޓްވިޓާ/ އެސް. ޖައިޝަންކަރު)
ޖައިޝަންކަރު ރައީސް މުއިއްޒަށް: އުންމީދަކީ ގާތުން މަސައްކަތްކުރުން
އުންމީދަކީ އިންްޑިއާ އާއި ރާއްޖެއިން ގުޅިގެން، ގާތުން މަސައްކަތް ކުރުން ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް އެސް ޖައިޝަންކަރު މިއަދު ރައީސް މުހައްމަދު މުއިއްޒުއާ އެކު ބޭއްވެވި ބަައްދަލުކުރެއްވުމުގައި ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އޭނާ މިހެން ވިދާޅުވެފައިވަނީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް މުހައްމަދު މުއިއްޒު އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ މަނިކުފާނާ ބައްދަލުކުރެއްވުމަށް ފަހު، 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
"މިއަދު ނިއު ދިއްލީގައި ރާއްޖޭގެ ރައީސް މުހައްމަދު މުއިއްޒުއާ ބައްދަލުކުރެއްވުމުންް ވަރަށް އުފާވެއްޖެ،" ޖައިޝަންކަރު ވިދާޅުވި އެވެ.
"އުންމީދަކީ ރާއްޖެ އާއި އިންޑިއާ ގުޅިގެން، ވަރަށް ގާތުން މަސައްކަތް ކުރުން."
Delighted to call on President Dr Mohamed Muizzu of Maldives today in New Delhi.
— Dr. S. Jaishankar (Modi Ka Parivar) (@DrSJaishankar) June 10, 2024
Look forward to India and Maldives working together closely. @MMuizzu
🇮🇳 🇲🇻 pic.twitter.com/odHJPRK4Ks
ފާހަގަކޮށްލެވޭ ކަމެއް - ރައީސް މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވަނީ މި ސަރުކާރު އައި ފަހުން ރާއްޖެ އާއި އިންޑިއާގެ ގުޅުން ގޯސްވެފައި ވަނިކޮށެވެ. ރައީސްގެ ދަތުރުފުޅާއެކު ދެ ގައުމުގެ ގުޅުން ބަދަހިވާނެ ކަމަށް ބެލެވެ އެވެ.
ކޮމެންޓް (1)
އައްޔަ