މުހައްމަދު އިބްރާހިމްގެ ކެމްޕޭންގައި ބާކީވި ފައިސާ ޓައިނީ ހާޓްސްއާ ހަވާލުކުރައްވަނީ

މުހައްމަދު އިބްރާހިމް ވައުދުވި ގޮތަށް ކެމްޕޭންގެ ބާކީ ފައިސާ ހަދިޔާކުރެއްވީ ޓައިނީ ހާޓްސްއަށް

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު ވިދާޅުވީ ރައްޔިތުން އޭނާއަށް ފައިސާ ދިނީ ކެމްޕޭންކުރަން ކަމަށް. އެހެންކަމުން އެއިން ބާކީ ވެއްޖެ ނަމަ ރަނގަޅު ގޮތަކަށް ހޭދަކުރަން ޖެހޭނެ ކަމަށް ވިދާޅުވި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)ގެ ކެމްޕޭނަށް ލިބުނު ފައިސާގެ ތެރެއިން ބާކީވި ބައި ޓައިނީ ހާޓްސް އޮފް މޯލްޑިވްސްއަށް ހަދިޔާކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - އިންތިހާބު ނިމުމުގެ ކުރިން އޭނާ ވިދާޅުވީ ކެމްޕޭނަށް ލިބޭ ފައިސާގެ ބާކީ ހުރި ނަމަ ހަދިޔާކުރައްވާނެ ކަމަށެވެ. އެގޮތުން ޓައިނީ ހާޓްސްއަށް 19،888ރ ދެއްވި އެވެ. މިއީ އިންތިހާބެއްގައި ވާދަކުރެއްވި ބޭފުޅަކު ކެމްޕޭންގެ ބާކީ ފައިސާ މި ގޮތަށް ހަދިޔާކުރެއްވި ފުރަތަމަ ފަހަރެވެ.

ތަފްސީލް - "މިއީ އަޅުގަނޑުގެ ލާރިއެއް ނޫންދޯ. އެއީ ކެމްޕޭނަށް ދިން ލާރި. ކެމްޕޭން ނިމުނީމާ ވެސް އެ ލާރިން ރަނގަޅު ކަމެއް ކުރަން ބޭނުންވީ. ކުރިން ވެސް ބުނިން ބާކީވާ ލާރި ބަޔަކަށް ހަދިޔާކުރާނަމޭ،" މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.

އޭނާގެ ކެމްޕޭންގެ ހަރަދުތައް އޮޑިޓްކުރީ ކްރޯ މޯލްޑިވްސްއާ ހަވާލުކޮށްގެންނެވެ.

"ކެމްޕޭންގެ ހަރަދުތައް ކޮށްފައި ބާކީވީ 19،888 ރުފިޔާ. އެފައިސާ އަޅުގަނޑު ހަދިޔާ މިކުރީ ޓައިނީ ހާޓްސްއަށް،" މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.

ގަލޮޅު އުތުރު ދާއިރާގެ ގޮނޑި އޭނާ ކާމިޔާބުކުރެއްވީ ކުރީގެ ތިން ދައުރުގައި އެ ދާއިރާގެ މެމްބަރުކަން ކުރެއްވި އީވާ އަބްދުﷲ ވެސް ބަލިކުރައްވައިފަ އެވެ.

ކޮމެންޓް (1)

އިއްސެ

10 ޖޫން 2024
ޝުކުރިއްޔާ ކުޑޫ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް